ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ބްލޭޑް ސަރވަރ ސޮލިއުޝަނެއް ހޯދުމާބެހޭ

މިޑިޕާޓްމަންޓުގެ ނަންބަރު 198F/2018/98 ޢިއުލާނާ ގުޅިގެން ބްލޭޑް ސަރވަރ ސޮލިއުޝަނެއް ސަޕްލައިކޮށްދިނުމަށް އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން ބްލޭޑް ސަރވަރ ސޮލިއުޝަނެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މިކަމާއިބެހޭ މަޢުލޫމާތުޝީޓް މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބެންހުންނާނެއެވެ. މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 ނޮވެންބަރ 26 ވާ ހޯމަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޑިސެމްބަރ 02 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ނޮވެންބަރު 2018
ހޯދާ