ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޏ.ފުވައްމުލަކު އެސްޓީއޯ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން 1 އަހަރު ދުވަހުގެ މުއްދަތަށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތުގެވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީކުރުން:      ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2018 ނޮވެމްބަރ 28 ވާ ބުދަ ދުވަހުގެ 14:30ގެ ކުރިން ޏ.ފުވައްމުލަކު އެސް.ޓީ.އޯ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސްދޫކުރުން:   ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2018 ނޮވެމްބަރ 28 ވާ ބުދަ ދުވަސް ނިމުމުގެ  ކުރިން އީމެއިލުންނެވެ.

މައުލޫމާތުދިނުން:      ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2018 ނޮވެމްބަރ 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ޏ.ފުވައްމުލަކު އެސް.ޓީ.އޯ ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއިޖަވާބު:       ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2018 ޑިސެމްބަރ 3 ވާ ހޯމަ ދުވަހުގެ 13:00  ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި، 2018 ޑިސެމްބަރ 4 ވާ އަންގާރަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2018 ޑިސެމްބަރ 6 ވާ ބުރާސްފަތި ދުވަހުގެ 14:30 ގައި ޏ.ފުވައްމުލަކު އެސް.ޓީ.އޯ ފިހާރައިގައެވެ.

އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

ފޯނު: , 30126793344262

ފެކްސް: 3443363

އީމެއިލް: [email protected]

21 ނޮވެންބަރު 2018
ހޯދާ