އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                                                           ނަންބަރު: A/IUL/344/2018/34

 

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބަލަހައްޓަމުންދާ އއ.ފެރިދޫގެ 2 މިސްކިތަށް ޕޫލް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މުވައްޒަފުން ހޯދުމަށް ބޭނުން ވެއްޖެއެވެ.

މަޤާމް

މަސައްކަތު

ރޭންކް

އެސް.އެސް 1

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމްގެ ގިންތި

ވަގުތީ (1 އަހަރު)

ބޭނުންވާ ޢަދަދު

02 (ދޭއް)

މަޤާމް އޮތް އޮފީސް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ސެކްޝަން

އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން

އއ.ފެރިދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި

 

 

 

މަޤާމުގެ މައިގަނޑު މަޞްއޫލިއްޔަތު

  1. މިސްކިތުގެ ޢިމާރާތާއި ގޯތިތެރެ ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން.
  2. މިސްކިތް ފާޚާނާތަކާއި ވުޟޫކުރާ އިސްކުރުބަރިތައް ދޮވެ ސާފުކުރުމަށްޓަކައި ނަމާދު ވަގުތުގެ 15 މިނިޓްކުރިން މިސްކިތަށް ޙާޟިރުވެ އެފަދަ ކަންތައްތައް ކުރުން.
  3. މިސްކިތުގެ ގޯތިތެރެއާއި މިސްކިތާ އިންވެގެން އޮންނަ މަގުތަކުގެ މިސްކިތާވީ ފަޅި ގަސްނޮޅާ ކުނިކަހާ ބެލެހެއްޓުން
  4. މިސްކިތު ވަޅުދިޔަހިއްކުން
  5. ބޯފެން ތާނގީތައް، މިސްކިތު ފުރާޅު އަދި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން
  6. މިސްކިތު ގޯތިތެރޭގައި ހުންނަ ރުއްގަސް ބެލެހެއްޓުން

 

ޝަރުތު

ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން.

ކޮންމެ ގަޑިއިރަކަށް

-/45 ރުފިޔާ

            

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

03 ޑިސެމްބަރު 2018 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމު މި އިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.)
  2.    ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓްތަކުގެ ކޮޕީ
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޚާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ
  3. މަސައްކަތުގެ ތަޖުރިބާ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން  ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތަށް ޝަޢުޤުވެރިކަން ހުރި މިންވަރު
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް
  5. ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްއަށް އަހުލުވެރިވެފައިވާ މިންވަރު

އިންޓަވިއު ކުރުން

މިމަޤާމްތަކަށް ކުރިމަތިލާފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ 04 ޑިސެމްބަރު 2018 އާއި 06 ޑިސެމްބަރު އާއި ދެމެދު އއ.ފެރިދޫ ކައުންސިލްގެ އިދާރާގައެވެ. ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ޙާޟިރުވާއިރު ގެންނަން ވާނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

35% (ތިރީސް ފަސް އިންސައްތަ)

މަސައްކަތަށް ނެރުން:

މި މަޤާމްތަކުގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ނެތް ހާލަތްތަކުގައި މި މަޤާމްތަކަށް ހޮވޭ ފަރާތްތަކަށް ލިބޭ ޕޮއިންޓް ތަރުތީބުން މަސައްކަތަށް ނިކުތުމަށް އެންގޭނެއެވެ.

ނޯޓު

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކައުންސިލްގެ ނަންބަރު 6660545 އަށް ގުޅުއްވުން އެދެމެވެ.

 

                                   13 ރަބިޢުލްއައްވަލް 1440 

21 ނޮވެންބަރު 2018
ހޯދާ