މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
މި ސަރވިސްގެ ބޭނުމަށް i5ސީރީޒްގެ 24 ކޮމްޕިއުޓަރ ސިސްޓަމް ގަތުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  • މި ސަރވިސްއަށް i5 ސީރީޒްގެ 24 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެގެން ކުރި މި ސަރވިސްގެ ނަމްބަރ 088-G1(b)/IUL/2018/  171- އިޢުލާނާއި ގުޅިގެން އެކަށިގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، ދެންނެވިފައިވާ އިޢުލާން ބާތިލްކޮށް މިތަކެއްޗަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ  ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
  • ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2018 ނޮވެމްބަރ 21 ވާ ބުދަ ދުވަހުން ފެށިގެން 2018 ނޮވެމްބަރ 25 ވާ އާދީއްތަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް އެންޑް އެސެޓްމެނޭޖްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 100/-ރ (އެއްސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  • މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2018 ނޮވެމްބަރ 26 ވާ ހޯމަ ދުވަހުގެ 10:00 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ނޮވެމްބަރ 25 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
  • ބީލަން ހުޅުވުން އޮންނާނީ 2018 ނޮވެމްބަރ 29 ބުރާސްފަތި ދުވަހުގެ 10:00 މިސަރވިސްގެ ފައިނޭންސް އެންޑް އެސެޓްމެނޭޖްމަންޓްގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މި ސަރވިސްގެ ނަމްބަރ  088171-G1(b)/IUL/2018/  އިޢުލާނާއި ގުޅިގެން ބީލަންފޮތް ގަނެފައިވާ ފަތާތްތަކުން އަލުން ބީލަންފޮތް ގަންނާކަށް ޖެހިވަޑައެއްނުގަންނަވާނެއެވެ.  ނަމަވެސް ބިޑް ވިއްކާ މުއްދަތު ތެރޭގައި އިސްކަންދަރު ބިލްޑިންގއަށް ވަޑައިގެން ނަންނޯޓް ކުރަންވާނެއެވެ. ބިޑްގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމުގައި އާއި ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރި ކުރެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

                                21  ނޮވެމްބަރ 2018 މ

21 ނޮވެންބަރު 2018
ހޯދާ