ހުރާ ސްކޫލް، ކ.ހުރާ
ދިވެހިރާއްޖެ
މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ކޮންޓްރެކްޓް އުސޫލުން 2019ވަނަ އަހަރު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް  2ވަނަ ފަހަރަށްވެސް އިޢުލާންކޮށްގެން މަޢުލޫމާތު ސޫފުކުރުމަށް ޙާޞިރުވެފައިވަނީ 01 ފަރާތުން ކަމުގައިވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ނޮވެމްބަރ 2018 ވާ ބުދަ ދުވަހުގެ 13:00 އަށް ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 ނޮވެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 13:00 އަށް ބިޑް ހުށަހެޅުން އެދެމެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

އެހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ނޮވެންބަރު 2018
ހޯދާ