މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބްލޫމްބާރގް އިނިޝިއޭޓިވް ގެ ގްރާންޓަސް ޕްރޮގްރާމުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު: 03 ޑިސެމްބަރ 2018 ގެ ނިޔަލަށް

އެނައުންސްމަންޓް

 

ބްލޫމްބާރގް އިނިޝިއޭޓިވް ގެ ގްރާންޓަސް ޕްރޮގްރާމުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު: 03 ޑިސެމްބަރ 2018 ގެ ނިޔަލަށް

 

"ބްލޫމްބަރގް އިނިޝިއޭޓިވް ޓު ރެޑިއުސް ޓޮބޭކޯ ޔޫސް" އަކީ ދުނިޔޭގެ ފެންވަރުގައި ހިލޭ އެހީ ދިނުމުގެ ތަފާތު ޙަރަކާތްތަކަށް އެހީދެއްވާ ފަރާތެއް ކަމުގައިވާ މައިކަލް އާރ. ބްލޫމްބާރގެ ގެ އެހީގައި، ފަޤީރު އަދި މެދުފަންތީގެ ޤައުމުތަކުގައި ދުންފަތުގެ އިސްތިޢުމާލުކުން މަދުކުރުމަށް  ޑިސެމްބަރ 2006 އިން ފެށިގެން ހިންގާ މަޝްރޫޢެކެވެ.  މި މަޝްރޫޢު އިންތިޒާމްކޮށް ހިންގަނީ ހިލޭސާބަހަށް މަސައްކަތް ކުރަމުންދާ ޖަމްޢިއްޔާއެއް ކަމަށްވާ "އިންޓަނޭޝަނަލް ޔުނިއަން އެގެއިންސްޓް ޓިއުބަރކުލޮސިސް އެންޑް ލަންގް ޑިސީޒް" (ދަ ޔޫނިއަން) އާއި  "ކެމްޕެއިން ފޮރ ޓޮބޭކޯ-ފްރީ ކިޑްސް" އާ ގުޅިގެންނެވެ. މި މަޝްރޫޢޫގެދަށުން ކުރިއަށް ގެންދާ ގްރާންޓްސް ޕްރޮގްރާމްގެ 25 ވަނަ ބުރުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ.

އެހީއަށް އެދި ހުށަހަޅަން ޖެހެނީ ސީދާ އެ ޕްރޮގްރާމަށް އެ ޕްރޮގްރާމްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން ކޮށެވެ. ނަމަވެސް، ޕްރޮޕޯސަލްތައް އެކުލަވާލުމުގައި އެހީތެރިކަން ބޭނުންވާ އަދި މި ގްރާންޓް ޕްރޮގްރާމާބެހޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ވަޑައިގަތުމުން ނުވަތަ ފޯނު ނަންބަރ 3014455 އާއި ގުޅުއްވުމުން ނުވަތަ އީމެއިލް އިން [email protected] މުޢާމަލާތް ކުރެއްވުމުން އެހީތެރިކަން ފޯރުކޮށްދޭނެ ވާހަކަ ދެންނެވީމެވެ.

 

މި ޕްރޮގްރާމްގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ، އެ ޙަރަކާތެއްގެ ސަބަބުން ފާހަގަ ކޮށްލެވޭފަދަ ބަދަލުތަކާއި ކުރިއެރުންތައް ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކަށް ގެނައުމަށް އަމާޒު ކުރެވިފައިވާ ހުށަހެޅުން ތަކަށެވެ. އަދި މިފަދަ ހުށަހެޅުންތަކުގެ ތެރެއިން އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކުރެވިފައިވާ ހުށަހެޅުންތަކަށް އިސްކަން ދެވޭނެއެވެ.

  • ދުންފަތުގެ ވަގު ވިޔަފާރި ހުއްޓުވުމާއި ،ދުންފަތުގެ ބާވަތްތަކުގެ އަގާއި އަދި ޓެކްސް ނެގުމަށް އެޅޭ ފިޔަވަޅުތައް.
  • ދުންފަތުގެ ބާވަތްތައް ޕްރޮމޯޓްކޮށް އިޝްތިހާރުކުރުންމަނާކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއި އަދި އެފަދަ ފިޔަވަޅުތައް ތަންފީޒު ކުރުން.
  • މަސައްކަތުގެ މާޙާއުލުގަޔާއި ޢާންމު ތަންތަނުގެއި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ހެދިފައިވާ ޤަވާޢިދުތަކާއި އެފަދަ ޤަވާޢިދުތައް ތަންފީޒު ކުރުން.
  • ދުންފަތުގެ ބާވަތްތަކުގެ ޕެކެޓްތަކުގެ ބޭރުގައި ފޮޓޯޖަހައިގެން ދެވޭ ޞިއްޙަތުގެ އިންޒާރު ޖެހުން ތަޢާރަފްކުރުން.
  • ސާބިތުހިފޭ ފަންނީ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކުރެވިފައިވާ އެހެނިހެން ހުށަހެޚުންތައް.
  • އަދި މިނޫންވެސް، ދުންފަތް ކޮންޓްރޯލް ކުރުން އެ ހުށަހެޅުމެއްގެ މައިގަނޑުކަމުގައި ހިމެނޭގޮތަށް، އެކިފަރާތްތައް ގުޅިގެން ހިންގުމަށް ރާވާ ކަންކަމާއި، ދުންފަތުގެ ސިނާޢަތުގެ ޙަރަކާތްތަކަށް ފާރަވެރިވެ ބެލުމަށާއި މިފަދަ އެހެނިހެން ކަންކަމަށް އަމާޒު ކުރެވިފައިވާ ހުށަހެޅުންތައް.
  • ·         ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ސުންގަޑިއަކީ ޑިސެމްބަރު 3 ވަނަ ދުވަހެވެ.
  • މި ޕްރޮގާމާއިބެހޭ އެނައުންސްމެންޓް އަދި އިތުރު މަޢުލޫމާތު އަންނަނިވި ވެބްސައިޓުން ހޯއްދެވުން އެދެމެވެ.http://www.tobaccocontrolgrants.org/ Apply-for-aGrant.

 

 

14 ނޮވެންބަރު 2018
ހޯދާ