މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މ.ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓަށް އެޑްމިނިސްޓްރޭޓިވް އޮފިސަރއެއް ބޭނުންވެއްޖެ

މުލަކަތޮޅު ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓު

       މ. ރަތްމަންދޫ      

       ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: K1C-A/2018/02

ތާރީޚް: 14 ނޮވެމްބަރ 2018

 

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ. އެސް 3

 

ޢަދަދު

01

ސެކްޝަން: އިދާރީ

 

މަސައްކަތްކުރަންޖެހޭ ތަން

މ. ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓު

 

އަސާސީ މުސާރަ

4465.00ރ

 

އެލަވަންސް

-        ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20 ((893/-

-        ސަރވިސް އެލަވަންސް: 1500.00

-        ލިވިންގ އެލަވަންސް: 2550.00

-        ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

-        ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ. 

 

އަސާސީ ޝަރުޠު

 

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކްހެއް ލިބެމުން ދިޔުމާއިއެކު 2GS ރޭންކްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް

  1. ކޯޓްގެ ސްޓޮކާއި،އިންވެންޓްރީ ޤަވާޢިދުން ބެލެހެއްޓުން
  2. އިދާރީ އަދި ފައިސާގެ ފޮތްތަކާ ލިޔެކިޔުންތައް ޤަވާޢިދުން ތައްޔާރުކޮށް ބެލެހެއްޓުން
  3. ކޯޓަށް އަންނަ ލިޔުންތަށް ދުވަހުން ދުވަހަށް އެންޓްރީ ކުރުން
  4. ކޯޓުގެ މުވައްޒަފުންގެ ކަންކަން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގައިވާ ގޮތުގެމަތީން ބެލެހެއްޓުން.
  1. ޝަރީޢަތުގެ މަޖިލީސް އޮންނަ ގަޑިތަކަށް ޝަރީޢަތް ކުރާ ކޮޓަރި ތައްޔާރުކުރުމާއި، ކޯޓަށް ޙާޟިރުވާ މީހުން ރިސީވްކޮށް، މެޖިސްޓްރޭޓުގެ ހުއްދައާއިއެކު ޝަރީޢަތުގެ މަޖިލީހަށް ވެއްދުމާއި، ކޯޓުގެ ޙުރުމަތް ނުކެނޑުމަށް ޙާޟިރުވާ ފަރާތްތަކަށް އިރުޝާދު ދިނުމާއެކު، އެފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ކުރާނަމަ އެކަން ހުއްޓުވުން. (މެޖިސްޓްރޭޓްގެ ހުއްދައާއެކު)
  2. ކޯޓަށް ޙާޟިރުކޮށްފައި ތިބޭ މީހުން ކޯޓުތެރޭގައި ނޭދެވޭ ޢަމަލެއް ހިންގާތޯ ބެލުމާއި، ކޯޓުގެ ޙުރުމަތް ކެނޑޭފަދަގޮތަކަށް އަޑުގަދަކޮށް ހަދާނަމަ އެކަން ހުއްޓުވުން.
  3. ކޯޓުގެ ހަފްތާ ރިޕޯޓުތަކާއި، ތަފާސް ހިސާބުގެ ރިޕޯޓުތައް އެކުލަވާލުމާއި، ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.
  4. ކޯޓަށް ޙާޟިރުވާ މީހުން ހޯދަން އެދޭ ޤާނޫނީ މަޢުލޫމާތު ކޯޓުގެ ގަވާއިދުތަކާ އެއްގޮތަށް ފޯރުކޮށްދިނުން.
  5. ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ވަރިކާވެންޏާއި ބެހޭ މައްސަލަތަކާއި، އެގްރީމެންޓް ރަޖިސްޓްރީ ކުރުމުގެ ފޯމް ބަލައިގަނެ، މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކްކުރުމުގައި އެހީތެރިވެދިނުމާއި، އެ ފޯމުތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތް މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ކުރުމާއި، އެކިއެކި ޤާނޫނީ ލިޔުންތަކަށް އެދި ހުށަހަޅާފައިވާ ފޯމުތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، ފައިލްކުރުން.
  6. ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތަކާއި، ތަހުޤީޤީ އިދާރާތަކުން އެކިއެކި އަމުރުތަކަށް ހޯދަން އެދި ހުށަހަޅާ ފޯމުތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  7. ޝަރީޢަތާގުޅޭ ފޮތްތަކާއި ލިޔުންތައް ގަވާއިދުން ލިޔެ ބެލެހެއްޓުމާއި، ޝަރީޢަތާ ގުޅޭ ފޮތްތަކާއި ލިޔުންތައް ގަވާއިދުން ސްކޭންކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  8. ކޯޓަށް ޙާޟިރުވުމަށް ފޮނުވަންޖެހޭ އަމުރު (ކޯޓަށް ޙާޟިރުވުމުގެ އަމުރު) ތައްޔާރުކުރުމާއި، ރައްދުކުރަންޖެހޭ ފަރާތްތަކަށް  އަމުރު ރައްދުވެފައިވޭތޯ ބެލުމާއި، ކޯޓަށް ޙާޟިރުވުމުގެ އަމުރާ ޙަވާލުނުވާ މީހުންނާ ފިލައިގެން އުޅޭ މީހުންގެ ގޭގައި ކޯޓަށް ޙާޟިރުވުމުގެ އަމުރު ތަތްކުރުން.
  9. ކޯޓު އަމުރުގައިވާ ގަޑިއަށް ޙާޟިރުނުވާ މީހުން ޖޫރިމަނާކުރުމާއި ޖުރިމަނާ ޗިޓު ތައްޔާރުކޮށް ފައިސާއާބެހޭ ސެކްޝަނަށް ފޮނުވުން.
  10. ކޯޓުތެރޭގައި މުވައްޒަފުންގެ މެދުގައި ހިނގާ ދެބަސްވުންތައް ހުއްޓުވާ، ތަނުގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް މުވައްޒަފުންގެ ޢަމަލުތައް ހުރެއްޖެނަމަ އެކަމެއް ހުއްޓުވައި، މަސްލަހަތު ޤާއިމްކުރަން މަސައްކަތްކުރުން، އަދި މިކަން އިދާރީ އެންމެ އިސްވެރިއެއްގެ ސަމާލުކަމަށް ގެނައުން.
  11. މީގެ އިތުރުންވެސް ކޯޓުގެ ވެރިން ޙަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.

 

ހުށަހަޅަންޖެހޭ ތަކެތި

 

 

1-     ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

2-     ކުރިމަތިލާ ފަރާތުގެ ވަނަވަރު

3-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4-     ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5-     މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6-     އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 

ސުންގަޑި

2018 ނޮވެމްބަރ 26 ވާ  ހޯމަ ދުވަހުގެ 13:30 ގެކުރިން  މ.މުލި ނުވަތަ މ.ރަތްމަންދޫ  މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މ.ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓާއި ، ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • ·       މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: /6720570 6720620
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއު ކުރެވޭނެއެވެ.

 

މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
14 ނޮވެންބަރު 2018
ހޯދާ