ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕުރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެއް ޤާއިމުކުރުން:

އިޢުލާނު

 

ޕުރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެއް ޤާއިމުކުރުން:

 

މިއިދާރާއިން ތަކެތި ދިނުމުން މިއިދާރާއިން ދޭ ކުރެހުމާއި އެއްގޮތަށް  އޮފީހެއް ހަދަން ބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެ ވަޑައިގަންނަވާ ބޭފުޅުން ނިލަންދޫކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. މައުލޫމާތު ކަރުދާސް  2018 ނޮވެންބަރު 18.19 މިދެދުވަހުގެ ރަސްމީ ގަޑީގައި ނިލަންދޫ ކައުންސިލް އިދާރާގެ ކައުންޓަރުގައި ލިބެންހުންނާނެ ކަމުގައި ދަންނަވަމެވެ . އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ  2018 ނޮވެންބަރު 21 ވަނަ ދުވަހުގެ 11:00 ގައި  ނިލަންދޫ ކައުންސިލް އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓިއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ޕުރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އިމާރާތްކުރުމުގެ މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތައް ބައިވެރިއެއް ނުކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ އ.ޕުރޮޖެކުޓް އޮފިސަރ ޢަބުދުއްލަތީފް އިބުރާޙީމް 9974009 އާއި ގުޅުއްވުން އެދެމެވެ.

 

ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.                      

30 ޞަފަރު    1440 

8 ނޮވެންބަރު    2018  

08 ނޮވެންބަރު 2018
ހޯދާ