ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކިއެކި ބޭނުންތަކަށް ވެލި ނެގުމާއިގުޅޭ؛

މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ޤަވާއިދާ ޚިލާފަށް ގިނަ ޢަދަދަކަށް ވެލި ނަގަމުންދާކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާތީ ދަންނަވަމެވެ. މިއަދުން ފެށިގެން އެއްވެސް ފަރާތަކުން ރަށުތެރެއިންނާއި އަދި ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސް ސައިޓުގެ ބޭރުގައިހުރި ވެލި ކަމުގައިވިއަސް، އެވެއްޔެއް ނެގޭނީ ކައުންސިލަށް ލިޔުމުން ހުށަހަޅައި ކައުންސިލުން އެފަރާތަކަށް ހުއްދަ ދިނުމުންނެވެ. އަދި އެއްވެސް ގޮތަކަށް ރަށުގެ ހޭޅިފަށުން ވެއްޔާއި އަކިރި ނެގުމަކީ މަނާކަމެކެވެ. ކައުންސިލްގެ ހުއްދަނެތި ވެލި ނަގާ ފަރާތްތަކާއިމެދު ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކައުންސިލުން ފިޔަވަޅު އަޅާނެވާހަކަ ދަންނަވަމެވެ.

ވެލި ނެގުމަށް އެދޭ ސިޓީގައި/ލިޔުމުގައި ވެލި ނަގާ ބޭނުމާއި، ވެލި (ބަސްތާ) ބޭނުންވާ ޢަދަދު ފަދަ މުޙިއްމު މަޢުލާމާތުތައް ހިމަނަންވާނެއެވެ.

ވީމާ، އެކި ސަރަޙައްދުތަކުން ވެލި ނެގުމުގައި ޤަވާއިދާ އެއްގޮތަށް ކައުންސިލުން ހުއްދަ ނަގައިގެން ކުރިއަށް ގެންދިއުމަށް އެންމެހާ ފަރާތްތަކަށް ނަޞޭހަތްތެރިވެ އަންގަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.      

14 ނޮވެންބަރު 2018
ހޯދާ