ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ސެކިޔުރިޓީ ބެލެހެއްޓުން 2019

 

ސެކިއުރިޓީ ބެލެހެއްޓުން:

ކޮންޓްރެކްޓް އުސޫލުން 2019ވަނަ އަހަރު މިސުކޫލުގެ ސެކިއުރިޓީ ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: GS-168/IUL/2018/38އިޢުލާނާ އި ގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ސެޝަންއަށް އެންމެ ފަރާތަކުން ހާޒިރުވެފައިވާތީ އެ ޢިއުލާނު ބާތިލްކޮށް އަލުން އިއުލާނު ކުރަމެވެ.

މި މަސައްކަތަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތް ތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ދިއްގަރު ސުކޫލް އޮފީސް

22 ނޮވެމްބަރ 2018

ބުރާސްފަތި

11:00

އަންދާސީ ހިސާބު ހުށަހެޅުން

ދިއްގަރު ސުކޫލް އޮފީސް

28 ނޮވެމްބަރ 2018

ބުދަ

11:00

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި ސުކޫލަށް ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

14 ނޮވެންބަރު 2018
ހޯދާ