ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި އުޞޫލް ދަނޑުވެރިކަން ކުރުމަށް ދިގުމުއްދަތަކަށް ބިން ކުއްޔަށްދިނުމާބެހޭ

މިރަށުގެ ލޭންޑް ޔޫސްޑް ޕްލޭންގައި ދަނޑުވެރިކަން ކުރުމަށް ބިންދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުން ދިގު މުއްދަތަށް ދަނޑު ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. ކުއްޔަށް ދޫކުރާ އެންމެ ކުޑަ އަގަކީ ބިމުގެ އަކަފޫޓެއް މަހަކު 04/- (ހަތަރެއް ލާރި) އެވެ.

ވީމާ، ދަނޑުވެރިކަން ކުރުމަށް ވިޔަފާރި އުޞޫލުން ބިންދޫކުރާ އުޞޫލުގެ ދަށުން ދަނޑުތައް ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކުން، މިކަމަށްޓަކައި މިއިދާރާއިން ތައްޔާރުކޮށް، ވިއްކުމަށް ހަމަޖެހިފައިވާ ''ވިޔަފާރި އުޞޫލުން ދަނޑުވެރިކަން ކުރުމަށް ދިގުމުއްދަތަކަށް ދޫކުރެވޭ ބިމަށްއެދޭފޯމް'' ފުރިހަމަ ކުރެއްވުމަށްފަހު، 26 ނޮވެންބަރ 2018 ވާ ހޯމަ ދުވަހުގެ 11:00 އަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމެއްގެ އަގަކީ  -/50ރ (ފަންސާސް ރުފިޔާ) އެވެ. ބިން ކުއްޔަށް ނެންގެވުމަށް ހުށަހަޅުއްވަނީ ކުންފުންޏަކުން ކަމުގައި ވާނަމަ، ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އަދި އަމިއްލަ ފަރާތަކުންނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ރަޖިސްޓްރީގެ ކޮޕީއާއި އައިޑީ ކާޑުގެ ކޮޕީ އަދި ކުރެވޭ މަސައްކަތްތަކުގެ ދާއިރާތައް އަންގައިދޭ ލިޔުން ހުށަހަޅަން ވާނެއެވެ. އަދި ވިޔަފާރި އުޞޫލުން ދަނޑުވެރިކަން ކުރުމަށް ދިގުމުއްދަތަކަށް ދޫކުރެވޭ ބިމަށްއެދޭ ފޯމާއި އެކަމާގުޅޭ އުޞޫލާއި ގުޅުންހުރި މަޢުލޫމާތުތައް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ނޮވެންބަރު 2018
ހޯދާ