ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ކްރިމިނަލް ކޯޓަށް ފޮޓޯކޮޕީ މެޝިންތައް މަރާމާތުކުރުމާއި ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް.

ކްރިމިނަލް ކޯޓަށް މިދަންނަވާ މެޝިނަރީ އާއި އިކްވިޕްމަންޓްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު 145-SP/2018/39 (06 ނޮވެމްބަރ 2018) ގެ އިޢުލާނާގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވެފައިވަނީ 1 ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާޠިލްކޮށް 2 ވަނަފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ ކްރިމިނަލް ކޯޓުގައި ބޭނުންކުރާ ކެނޮން ބްރޭންޑުގެ ފޮޓޯކޮޕީ މެޝިންތައް މަރާމާތުކުރުމާއި، ސަރވިސްކޮށް ދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2018 ނޮވެމްބަރު 21 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހޯދަންބޭނުންވާ ޚިދުމަތާގުޅޭ މަޢުލޫމާތު ކްރިމިނަލް ކޯޓުގެ ވެބްސައިޓް www.criminalcourt.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7668281 ނަންބަރާ ގުޅުއްވުން އެދެމެވެ.

13 ނޮވެންބަރު 2018
ހޯދާ