ދިވެހިރާއްޖެ
މި ކައުންސިލްގައި ޤާއިމްކޮށްފައިވާ އައި.ޑީ.ކާޑު ކަލެކްޓިން ސެންޓަރުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް ހުށަހަޅާ ފަރާތްތަކުގެ އައި.ޑީ.ކާޑު، އެ ޑިޕާޓުމަންޓުން ނަންގަވައި މި އިދާރާއަށް ފޮނުއްވުމުގެ މަސައްކަތް އެއްއަހަރު ދުވަހުގެ މުއްދަތަށް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)233-CA/233/2018/16 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2018 ނޮވެމްބަރ 19 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2018 ނޮވެމްބަރ 26 ވަނަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމަކާއެކު ބޭފުޅަކު ފޮނުއްވިދާނެ އެވެ.
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެ އެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 6660606 ނަންބަރާ ގުޅުއްވުން އެދެމެވެ.