ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ބިދޭސީންގެ ވާރކްޕާމިޓް ކާޑާއި ގުޅޭ.

 

އިޢުލާން

 

     ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2008/2) ގެ 80 ވަނަ މާއްދާ އާއި 81 ވަނަ މާއްދާގެ ދަށުން، މި އޮތޯރިޓީން ކުރާ އިންސްޕެކްޝަން ތަކުގައި، ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި، މިނޫންވެސް ވަޒީފާގެ މާޙައުލުގައި މީހުން ގެންގުޅޭ ތަންތަން ދަނީ ބަލައި ޗެކު ކުރަމުންނެވެ.

     މި އިންސްޕެކްޝަންތަކުގައި، ބިދޭސީ މުވައްޒަފުންނާ ބައްދަލު ކުރާއިރު އެފަރާތްތަކުގެ އަތުގައި ވާރކްޕާރމިޓް ކާޑު ނޯންނަކަން ވަނީ ފާހަގަ ކުރެވިފައެވެ.

     ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާޢިދުގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ "ވާރކްޕާރމިޓް ކާޑު ބިދޭސީމީހާގެ އަތުގައި އަބަދުވެސް އޮންނަންވާނެއެވެ. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި އެ ކާޑު ދައްކަންވާނެއެވެ." މިފަދައިންނެވެ.

     ވީމާ، ވާރކްޕާރމިޓް ކާޑު ހެއްދުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމުގައި ވާހިނދު، ވަޒީފާތަކުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުން، ވާރކްޕާމިޓް ކާޑު ހައްދާ، ޑިސެންބަރު 2018 ގެ ނިޔަލަށް ބިދޭސީންނާ ޙަވާލުކުރުމަށް ދަންނަވަމެވެ.

     އަދި، މި އޮތޯރިޓީން ކުރާ އިންސްޕެކްޝަނެއްގައި ވާރކްޕާމިޓް ކާޑު ނެތް ބިދޭސީއަކު ފެނިއްޖެނަމަ، ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

12 ނޮވެންބަރު 2018
ހޯދާ