ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
ޕްރިންސިޕަލް ހުންނަވާނެ ގެއެއް ހޯދަން ބޭނުންވެއްޖެ.

2019 ވަނަ އަހަރު، މި ސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއްހޯދުމާއި ގުޅޭ!

2019 ވަނަ އަހަރު، މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް، ރަނގަޅު ފެންވަރުގެ ދެކޮޓަރިއާއި ސިޓީންގރޫމް އަދި ބަދިގެ ހިމެނޭގޮތަށް (ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކެ) ހުރި ގެއެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، ރަނގަޅު ފެންވަރުގެ  ދެކޮޓަރިއާއި ސިޓިންގރޫމް އަދި ބަދިގެ ހިމެނޭގޮތަށް (ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކު) ހުރި ގެއެއް، މި ސްކޫލަށް ކުއްޔަށް ދޫކުރުމަށް ޝައެޤުވެރިވެލައްވާ ފަރާތްތަކުން 2018 ނޮވެންބަރ 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް، ސްކޫލަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު، 2018 ނޮވެންބަރ 19  ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އަށް ސިޓީހިއްޕަވައިގެން މި ސްކޫލަށް ދުރުވެދެއްވުން އެދެމެވެ.

ދެންނެވިފައިވާގަޑިއަށް ޙާޟިރުވެ ލެއްވުމަށް އުޛުރުވެރިވެލައްވާ ބޭފުޅުން، 2018 ނޮވެންބަރ 15 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރަސްމީގަޑީގައި މި ސްކޫލުގެ 6500538 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރުއްވާ ހުށައަޅުއްވާ ސިޓީ ޤަބޫލު ކުރެވެންނޯންނާނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.  

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

08 ނޮވެންބަރު 2018
ހޯދާ