ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ (ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު)

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

   ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

          މާލެ،ދިވެހިރާއްޖެ.

                       

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2018/ 102

ތާރީޚް:  08 ނޮވެންބަރު 2018

މަޤާމު

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް: އެލް.އެސް 2

ޢަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/9412 ރުފިޔާ

އެލަވަންސް

-  ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50 (-/4,706)

- ސަރވިސް އެލަވަންސް: -/3,000

- ލިވިންގ އެލަވަންސް: -/2,550

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ 

އަސާސީ ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުން.

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ފިޔަވަޅުތައް އެޅުމުގައި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން.

2- ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ޑްރާފްޓް ކުރުމަށް މެޖިސްޓްރޭޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

3- ދާއިރާގެ އެކި އެކި ކޯޓްތަކުން ބަޔާން ނެގުމަށާއި މީހުން ޙާޟިރުކޮށް ދެއްވުމަށް އަންނަ މެސެޖްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ބަޔާންތައް ނެގުން.   

4-  ކޯޓުން ނިމޭ ޤަޟިއްޔާތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅިފައިވޭތޯ ބަލައި މައްސަލައިގެ ފައިލް އަރުޝީފާ ޙަވާލުކުރުން.

5- ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް ޝަރީޢަތްކުރުމާއި ބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދުތަކަށް ގެންނަން ފެންނަ ބަދަލުތައް ދިރާސާކޮށް ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓް ތައްޔާރުކުރުމާއި ޤާނޫނުތަކާއި، ޤަވާޢިދުތަކަށް ގެނެވޭ އިސްލާޙްތައް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކޯޓް ހިންގެވުމާއި ޙަވާލުވެހުންނެވި މެޖިސްޓްރޭޓްގެ މަޝްވަރާގެ މަތިން ކުރުން.

6- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި އަދި ރިޕޯޓް ހޯދަން އެދޭ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޤަވާޢިދުން ދޫކުރުން.

7-  ކޯޓުގެ މުވައްޒަފުން ކުރާ މަސައްކަތާ، ހިންގާ ޙަރަކާތްތަކާ ބެހޭގޮތުން ހޯދަންޖެހޭ ޤަވާޢިދުތައް ޑްރާފްޓްކޮށް އެކުލަވައިލުމުގައި އިސް މެޖިސްޓްރޭޓަށް އެހީތެރިވެ ދިނުން.

 

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 

ސުންގަޑި

2018 ނޮވެންބަރު 18 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓާއި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރ: 3006281 ، 6841031
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

އެސިސްޓެންޓް ލީގަލް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: %40
  • މަސައްކަތުގެ ތަޖްރިބާ: %8
  • އިންޓަރވިއު އާއި މަސައްކަތަށް ބޭނުންވާ ހުނަރަށް : %40
  • ޝަރުޢީދާއިރާގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ އެފަރާތެއްގެ މަސައްކަތު އަޚްލާޤާއި،  ޕަރފޯމެންސަށް: % 12

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ، އަތޮޅުގެ އެހެން ކޯޓުތަކަށް ދަތުރު ކުރަންޖެހޭ ހާލަތެއްގައި ދަތުރު ކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ޕޮރޮފެޝަނަލް ފެންވަރެއްގައި ފަރިތަކަމާއިއެކު ބޭނުން ކުރަން އެނގޭ ފަރާތަކަށްވުން.
  • ޤާނޫނު އަސާސީއާއި، ކޯޓުތަކާއި ބެހޭ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު އަދި  ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ޝަރީޢަތް ކުރުމާއި ބެހޭ ޤަވާޢިދަށް އަހަލުވެރި ފަރާތަކަށްވުން
  • ދަޢުލަތުގެ މާލިއްޔަތުގެ ޤަވާޢިދާއި، ވަޒީފާއާ ބެހޭ ޤާނޫނާއި، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާއިދަށް އަހުލުވެރި ފަރާތަކަށްވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
08 ނޮވެންބަރު 2018
ހޯދާ