ދިވެހިރާއްޖެ
ނަންބަރ: MTCC-PD/IU/2018/0152
އިޢުލާން
އެމްޓީސީސީ ގެ ބޭނުމަކަށް، އަތޮޅުތެރޭގެ ރަށްރަށަށް ކާސްޓްރޯލް އަޑީތެޔޮ ފީފާ ގެންގޮސްދޭނެ ފަރާތްތަކެއް ހޯދުން:
އެމްޓީސީސީ ގެ ބޭނުމަކަށް، އަތޮޅުތެރޭގެ ރަށްރަށަށް ކާސްޓްރޯލް އަޑީތެޔޮ ފީފާ ގެންގޮސްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ނޮވެމްބަރ 22 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ނޮވެމްބަރ 29 ވަނަ ދުވަހުގެ 14:00 އަށް އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް، ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
27 ޞަފަރު 1440
6 ނޮވެމްބަރ 2018