ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2019 ވަނަ އަހަރު ޤުރުއާން ކުލާހުގައި ބައިވެރިވުމާ ގުޅޭ

 

2019 ވަނަ އަހަރު ޤުރުއާން ކުލާހުގައި ބައިވެރިވުމާގުޅޭ

 

                        މި އިދާރާއިން މިރަށުގައި ސްކޫލް ކުދިންނަށާއި ބޮޑެތި މީހުނަށް ހިންގަމުންދާ ޤްރުއާން ކުލާސްތައް މިއަންނަ އަހަރުވެސް ހިންގަން ބޭނުންވާތީ ޤުރުއާން ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.  

                       ވީމާ މިހާރުވެސް މިކުލާސްތަކުގައި ބައިވެރިވެފައިވާ ދަރިވަރުން މިއަންނަ އަހަރުވެސް ބައިވެރިވެލައްވާނަމަ ކައުންސިލް އިދާރާގައި ނަން ނޯޓް ކުރެއްވުން އެދެމެވެ. އަދި މުޅިން އަލަށް މި ކުލާސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޤްރުއާން ކުލާހުގައި ރަޖިސްޓްރީ  ވުމަށް އެދޭ ފޯމް ފުރުއްވައި 20 ނޮވެމްބަރ 2018 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދި ދެންނެވީމެވެ. ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫތު ހޯއްދެވުމަށް ކައުންސިލްގެ ރައީސް ހަސަން ރަޝީދު 7467508 އާ ގުޅުއްވުން އެދެމެވެ.

މިހެންވެމިކަން އާންމުކޮށް އެންގެވުމަށްޓަކާ އިޢުލާން ކުރީމެވެ.                     

07 ނޮވެމްބަރ 2018                     

29 ސަފަރް 1440                   

07 ނޮވެންބަރު 2018
ހޯދާ