މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެކުނުފަރާތު ހިއްކި ފަސްގަނޑާއި ދިމާލުން މޫދަށްއެރޭ ސަރަޙައްދު ހެދުމަށް EIA ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

          މިރަށު ދެކުނުފަރާތު ހިއްކި ފަސްގަޑާއި ދިމާލުން  މޫދަށްއެރޭ ސަރަހައްދު ހެދުމަށް EIA ހަދައިދޭނެފަރާތެއް ހޯދުމަށް މިއިދާރާއިން ކުރެވިފައިވާ ނަންބަރު: (IUL)335-AS/335/2018/75 އިޢުލާން އާއި ގުޅިގެން އެއްވެސްފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

          މިރަށު ދެކުނުފަރާތު ހިއްކި ފަސްގަޑާއި ދިމާލުން  މޫދަށްއެރޭ ސަރަހައްދު ހެދުމަށް EIA ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

          ވީމާ، EIA ހައްދަވައިދެއްވާ ފަރާތުން 19 ނޮވެމްބަރ 2018 ހޯމަދުވަހުގެ 10:00 މި އިދާރާއަށް ދުރުވެ، ނުވަތަ އީމެއިލް މެދުވެރިކޮށް (([email protected] މައުލޫމާތު ސާފްކުރެއްވުމަށްފަހު 29 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

07 ނޮވެންބަރު 2018
ހޯދާ