ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"ދިވެހި ފިލްމު އެވޯޑްސް 9" (2017)

ދިވެހި ފިލްމީ  އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ "ދިވެހި ފިލްމު އެވޯޑްސް" 2017 ވަނަ އަހަރު ނެރެފައިވާ ފިލްމުތަކަށް ހާއްސަކޮށްގެން 19 ޖުލައި 2018 ގައި ވަނީ ފިލްމުތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލެވިފައެވެ. އެހެންނަމަވެސް 30 އޯގަސްޓް 2018 ށް ފިލްމު ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ހުށަހަޅާފައިވަނީ 07 ފީޗަރ ފިލްމެވެ. މިއަދަދަކީ ދިވެހި ފިލްމު އެވޯޑްގެ އުޞޫލްގައިވާ އަދަދަށްވުރެ މަދު އަދަދަކަށްވާތީ، މިއަހަރު ފިލްމު އެވޯޑް ނުބާއްވާ ގޮތަށް ނިންމާ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ދިވެހި ފިލްމު އެވޯޑްސްގެ އުޞޫލްގައިވާ ގޮތުން ފިލްމު އެވޯޑް ބާއްވާނީ މަދުވެގެން 13 ފީޗަރ ފިލްމު، 5 ކުރު ފިލްމު އަދި 3 ޑޮކިއުމެންޓްރީ ފިލްމު އެވޯޑްގައި ވާދަކުރުމަށް ހުށަހަޅާފައިވާ ކަމުގައިވާނަމައެވެ. އަދި މިއަދަދަށް ފިލްމު ހުށަހަޅާފައި ވާނަމަ، އަހަރަކު އެއްފަހަރު ބޭއްވުމަށެވެ.

ވީމާ، ފިލްމު އެވޯޑް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރު ކަމުގައި އަންގާ އިޢުލާން ކުރަމެވެ. އަދި ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސްވަރު ފަހުގެ ތާރީޚެއްގައި އިޢުލާން ކުރެވޭނެއެވެ.

05 ނޮވެންބަރު 2018
ހޯދާ