ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުން
ކާޕެޓް އެޅުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ބަޔާނުގައި ސޮއިކުރާތަނާއި، ޕްރޮކިއުމަންޓް ސެކްޝަނާއި ބަޖެޓް ސެކްޝަންގެ ޑިރެކްޓަރ އިންނަވާ ކޮޓަރީގައި ކާޕެޓް އަޅައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 13 ނޮވެމްބަރ 2018 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އަށް ހައިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު (މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ މަޢުލޫމާތުތަކާއެކު) ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި މިކޯޓުގެ މީޓިންގ ރޫމް 01 ގައެވެ. މަޢޫލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުސަތު ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ .
28 ސަފަރު 1440
06 ނޮވެމްބަރ 2018