ދިވެހިރާއްޖެ
ނަންބަރު: 104/IUL)202-A/1/2018)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މާލެ ބަނދަރު ސަރަހައްދުގެ 11 (އެގާރަ) ތަނެއްގައި 2 މޭލު ދުރަށް އަލިފޮނުވާ ފަރުބައްތިއާއި ނިޝާން އަމިއްލަތަކެތީގައި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 15 އޮކްޓޯބަރ 2018 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު 95 IUL)202-A/1/2018/) އާއި ގުޅިގެން ވަޑައިގެންނެވި ފަރާތަށް ދޭންޖެހޭ މުހިންމު ޓެކްނިކަލް ސްޕެސިފިކޭޝަން ދެވިފައިނުވާތީ މިދެންނެވި ޓެކްނިކަލް ސްޕެސިފިކޭޝަން ހިމަނައިގެން މައުލޫމާ ދިނުމަށްޓަކައި މި އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ނޮވެމްބަރ 12 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ނޮވެމްބަރ 18 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
28 ޞަފަރު 1440
07 ނޮވެމްބަރ 2018