މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުރުރާސްތާ 8 މަސްދޯނި އިނިސްޕެކްޓް ކުރުމާއި ބެހޭ

c

 

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

       ކޮޅުފުށި                                          

     ދިވެހިރާއްޖެ                 ދިވެހިރާއްޖެ     ނަމްބަރ (IUL)367-prs/367/2018/50

 

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

              މ.ކޮޅުފުށީ ރައްޔިތުންގެ ރަޖިސްޓަރީ ނަމްބަރ G1454B-01-07-K މަސްދޯނި "ދުރުރާސްތާ8" ދޯންޏާއި ދޯނީގައިވާ އިންޖީނާއި، ދޯނީގައިވާ އެންމެހައި ތަކެތީގެ ހާލަތު ދެނެގަނެ އިނިސްޕެކްޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

              މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 12 ނޮވެމްބަރ 2018 ދުވަހު 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. އަދި މިބައްދަލުވުމަށް ވަޑައިގަތުމަށް ޢުޒުރު ވެރިވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ 6720606 ފޯނާއި ގުޅުއްވާ މަޢުލުމާތު ސާފުކުރުމަށްފަހު 18 ނޮވެމްބަރ 2018 ދުވަހުގެ 14:00 ކުރިން އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

             ވީމާ، ޔަންމާ އިންޖީނަށް ދިމާވާ ހުރިހާ މަސަލަތައް ދެނެގަނެ ޙައްލުކުރުމުގެ ޤާބިލްކަމާއި ތަޖުރިބާ ހުރި މަތީތަޢުލީމް ޙާސިލްކޮށްފައިވާ ފަރާތްތަކާއި، ފައިބަރު މަސައްކަތްކުރާ އަދި އެކަމުގެ މަޢުލޫމާތާއި ތަޖުރިބާ ހުރިފަރާތްތަކުން އެކަން ކަށަވަރު ކޮށްދިނުމާއިއެކު މިއިދަރާ އަށް ހުށަހެޅުމަށް ދަންނަވަމެވެ.

             28 ޞަފަރު     1440

             06 ނޮވެމްބަރ    2018  

06 ނޮވެންބަރު 2018
ހޯދާ