ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ޑިރެކްޓަރ

މި އިޢުލާންވަނީ 06 ނޮވެންބަރު 2018 12:53 ގައި ބާތިލް ކުރެވިފައެވެ.


ވަޒީފާގެ ފުރުޞަތު

މަޤާމް

ޑިރެކްޓަރ

ރޭންކް

EX 1

ޢަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އަސާސީ މުސާރަ

-/8835 ރުފިޔާ (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް

މުސާރައިގެ އިތުރުން ސަރވިސް އެލަވަންސް -/2000ރ (ދެހާސް ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ) އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރ ޑިގްރީއެއް ޙާޞިލްކޮށްފައިވުން. ނުވަތަ،

2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، އެމް.އެސް 4  ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

މި ކޯޓުގެ އައި.ޓީ ޔުނިޓުގެ އެންމެހާ މަސައްކަތްތައް ޤަވާޢިދާއި އެއްގޮތަށް ހިންގާ ބެލެހެއްޓުމުގެ ގޮތުން އައި.ޓީ ޔުނިޓުގެ މަސައްކަތްކުރާ މުވައްޒަފުންނާ ޙަވާލުކޮށް މަސައްކަތް ކުރިއަށްދާގޮތް މޮނިޓަރކޮށް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ތަކެތި

1- ފުރިހަމަކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް.

2- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު.

3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައިވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

ސުންގަނޑި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2018 ނޮވެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ފަންނީ އަދި އިދާރީ މުވައްޒަފުން ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރެދީފައިވާ، މާލިއްޔަތު ޤާވާއިދާއި ދަޢުލަތުގެ ޕްރޮކިއުމަންޓް ނިޒާމަށް އަހުލުވެރި، CCNA CCNP CISSP ފަދަ މަޤާމުގެ މަސައްކަތާ ގުޅުންހުރި ފަންނީ ސަނަދުތައް ޙާޞިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު

1- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

2- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ.

3- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

4- މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމް މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓްގެ އެޑްރެހަކީ www.supremecourt.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މި ކޯޓުގެ ކައުންޓަރުން ފޯމު ލިބެންހުންނާނެއެވެ. މި މަޤާމަށް އިންޓަރވިއުކުރުން އޮންނާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 25 ނޮވެންބަރު 2018 އިން ފެށިގެންނެވެ.

06 ނޮވެންބަރު 2018
ހޯދާ