ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
2019 ވަނަ އަހަރު މި ސުކޫލުގެ އެލް.ކޭ.ޖީ އަށް ކުދިންވެއްދުން

 

   ނއިޢުލާން

 

2019 ވަނަ އަހަރު މި ސުކޫލުގެ އެލް.ކޭ.ޖީ އަށް ކުދިންވެއްދުން

 

                   2019 ވަނަ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ އަށް ދަރިވަރުން ރަޖިސްޓްރީ ކުރުމުގެ އެންމެހާ ކަންތައްތައް  06 ނޮވެމްބަރ 2018  އިން ފެށިގެން 21 ނޮވެމްބަރ 2018 އާ ހަމައަށް މިސްކޫލްގައި ކުރިއަށްދާނެއެވެ. އެލް.ކޭ.ޖީ އަށް ވަދެވޭނީ 2019 ވަނަ އަހަރުގެ ޖެނުއަރީ 1 އަށް 4 އަހަރު ފުރި5   އަހަރު ނުފުރޭ ކުދިންނަށެވެ. މީގެ އިތުރުން ބެލެނިވެރިޔާ ބޭނުންނަމަ ވައްދަން އެދޭ އަހަރުގެ  މާރިޗު މަހުގެ 31ށް 4 އަހަރު ފުރޭ ކުދިންނަށް ވެސް ފުރުސަތު ދެވޭނެއެވެ.

                        ވީމާ، ސްކޫލަށް ވަނުމަށްއެދޭ ފޯމް ފުރިހަމަކޮށް، ދަރިވަރުގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީ އާއި ބެލެނިވެރިޔާ އާއި ދަރިވަރުގެ އައި.ޑީ ކާޑުގެ ކޮޕީ އަދި ކުއްޖާއަށް ވެކްސިން ދިންގޮތުގެ ކާޑާއިއެކު ސްކޫލަށް ހުށައެޅުއްވުން އެދެމެވެ.

ނޯޓް: ދަރިވަރުން ސްކޫލަށް ވައްދަން އެދޭފޯމް ސްކޫލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.  

                      

                        28    ޞަފަރު 1440

                        06  ނޮވެމްބަރ 2018

 

ޢަލީ ހުސައިން 

ޕްރިންސިޕަލް                 

 

 

 

 

 

 

 

 

06 ނޮވެންބަރު 2018
ހޯދާ