ދިވެހިރާއްޖެ
`
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މާލެ، ދިވެހިރާއްޖެ |
ނަންބަރު:198MJA-B-2018-01
އިޢުލާން
ޤާނޫނީ ވަކީލުންގެ އޮރިއެންޓޭޝަން ޕްރޮގްރާމާ ބެހޭ
މި އެކަޑަމީގެ ފަރާތުން، ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ދަފްތަރުގެ ޖަދުވަލު 2 (ޓްރޭނީ ވަކީލުންގެ ޖަދުވަލު) ގައި ހިމެނޭ ޤާނޫނީ ވަކީލުން ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމަށް އަހުލުވެރި ކުރުމަށްޓަކައި ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމުގެ ދެވަނަ ބުރު މި ހިނގާ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ޕްރޮގްރާމުގައި ބައިވެރި ވެވަޑައިގަންނަވާން އެދިވަޑައިގަންނަވާ ޤާނޫނީ ވަކީލުން، އޮރިއެންޓޭޝަން ޕްރޮގްރާމުގައި ބައިވެރި ވުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރައްވައި، ފޯމާ އެކުގައި ހުށަހަޅާން ޖެހޭ ތަކެއްޗާ އެކު، 15 ނޮވެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރީން މި އެކަޑަމީއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.
އޮރިއެންޓޭޝަން ޕްރޮގްރާމުގައި ބައިވެރި ވުމަށް އެދި ހުށަހަޅާ ފޯމު ރަސްމީ ދުވަސްތަކުގައި ވިލިމާލޭގައި ހުންނަ މި އެކަޑަމީގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި އެކަޑަމީގެ ވެބްސައިޓުން (www.judicialacademy.gov.mv) ޑައުންލޯޑު ވެސް ކުރެއްވޭނެއެވެ.
23 ޞަފަރު 1440
01 ނޮވެންބަރު 2018