ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢާންމު ވިޔަފާރި / ފިހާރަ ހިންގުމަށާއި، ސައިހޮޓާ،ކެފޭ ،ރެސްޓޯރެންޓް ފަދަ ވިޔާރިކުރުމަށް ފާލަންމަގުގެ ދެކުނު ފަރާތުން ބިންދޫކުރުމާއި ބެހޭ އުޞޫލް

ޢާންމު ވިޔަފާރި / ފިހާރަ ހިންގުމަށާއި،ސައިހޮޓާ،ކެފޭ ،ރެސްޓޯރެންޓް ފަދަ ވިޔާރިކުރުމަށް ފާލަންމަގުގެ ދެކުނު ފަރާތުން ބިންދޫކުރުމާއި ބެހޭ އުޞޫލް

ތަޢާރުފާއި ނަން

1

ހ.

 

 

 

 

ށ.

މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ބ) އަދި އެޤާނޫނުގެ 24 ވަނަ މާއްދާގެ (ފ)ގެ ދަށުން ތަފާތު އެކިއެކި ބޭނުންތަކަށް ވިޔަފާރި އުޞޫލުން، ތިލަދުންމަތީ އުތުރުބުރީ މޮޅަދޫން ބިންކުއްޔަށް ދޫކުރުމުގައި ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލެވެ.

މިޢުސޫލަށް ކިޔަނީ " ޢާންމު ވިޔަފާރި / ފިހާރަ ހިންގުމަށާއި، ސައިހޮޓާ،ކެފޭ ،ރެސްޓޯރެންޓް ފަދަ ވިޔާރިކުރުމަށް ފާލަންމަގުގެ ދެކުނު ފަރާތުން ބިންދޫކުރުމާއި ބެހޭ އުޞޫލު" އެވެ.

ޢަމަލުކުރަން ފެށުން

2

 

މިޢުސޫލަށް ޢަމަލުކުރަންފަށާނީ ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރާ ދުވަހުން ފެށިގެންނެވެ.

 

ބިން ދޫކުރުން

3

 

މި އުސޫލުގެ ދަށުން ހއ. މޮޅަދޫން ދޫކުރާ ބިން ދޫކުރެވޭނީ ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން ލޭންޑް އެންޑް ސާރވޭ އޮތޯރިޓީން ހުއްދަލިބިފައިވާ ބިންބިމެވެ.

ބިން ކަނޑައެޅުން

 

4

ހ.

 

ށ.

ވިޔަފާރީގެ އުސޫލުން ފާލަންމަގު ދެކުނު ފަރާތުން ދޫކުރާނީ ތިރީގައިވާ މަސައްކަތްތައް ކުރުމަށެވެ.

  1. ޢާންމު ވިޔަފާރި / ފިހާރަ ހިންގުމަށް
  2. ސައިހޮޓާ،ކެފޭ ،ރެސްޓޯރެންޓް ހިންގުމަށް

ބިމަށް އެދުން

5

 

ބިންހޯދުމަށް އެދި ހުށަހަޅާނީ ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާއިން ބިންދޫކުރުމަށް އިޢުލާނު ކުރުމުން ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާއަށެވެ.

ބޮޑުމިން

6

ހ.

ށ.

ޢާންމު ވިޔަފާރި / ފިހާރަ ހިންގުމަށް ދޫކުރާ ބިމުގެ ބޮޑުމިނަކީ 1500 (ފަނަރަސަތޭކަ)އަކަފޫޓެވެ.

ސައިހޮޓާ،ކެފޭ ،ރެސްޓޯރެންޓް ފަދަ ވިޔާރިކުރުމަށް ފާލަންމަގުގެ ދެކުނު ފަރާތުން ދޫކުރާ ބިމުގެ ބޮޑުމިނަކީ 1500 (ފަނަރަ ސަތޭކަ) އަކަފޫޓެވެ.

މުއްދަތު:

7

 

ބިންދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 10 (ދިހައެއް) އަހަރު ދުވަހެވެ.

ކުލި

8

ހ

ށ

 

މިއުޞޫލަށް ޢަމުލުކުރާ ތާރީޚުން ފެށިގެން ބިމު ކުލި ނަގާނީ ބީލަމުގެ އުޞޫލުންނެވެ

ޢާންމު ވިޔަފާރި / ފިހާރަ ހިންގުމަށާއި، ސައިހޮޓާ،ކެފޭ ،ރެސްޓޯރެންޓް  ހިންގުމަށް ފާލަންމަގުގެ ދެކުނު ފަރާތުން ދޫކުރާ ބިންތަކުގެ ބީލަންފެށޭ އެންމެ ކުޑައަގަކީ އަކަފޫޓަކަށް މަހަކަށް 05/- (ފަންސާސް) ލާރިއެވެ.

އެގްރިމެންޓް ކުރުން:

9

ހ.

 

ށ.

އެއްވެސް ފަރާތަކަށް ބިމެއް ކުއްޔަށް ދޫކުރެވޭނީ ބިންކުއްޔަށް ހިފާފަރާތާއި ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލާއި  ދެމެދުގައި ވެވޭ އެގްރިމެންޓެއްގެ ދަށުންނެވެ.

މިގޮތުންވެވޭ އެގްރިމެންޓްގައި ބިމުގެ ބޮޑުމިނާއި ބިމުގެ ކުއްޔާއި ކުއްޔަށް ގެނެވޭ ބަދަލާއި،

އަދި ކުއްޔަށްދެވޭ މުއްދަތާއި ބިން އަތުލެވޭނެ ޙާލަތާއި ބިމާއި މެދު ޢަމަލުކުރެވޭނެ އުޞޫލުތައް ބަޔާން ކުރެވިފައި ހުންނަން ވާނެއެވެ.

އެގްރިމަންޓް ބާތިލްކުރުން.

 

10

ހ.

 

 

ށ.

 

ނ.

ބިން ކުއްޔަށް ހިފާފަރާތުން އެގްރިމެންޓާއި ހިލާފު ވެއްޖެނަމަ 10 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެކަން 10 ދުވަހުގެ މުއްދަތުގެތެރޭގައި ރަނގަޅު ނުކޮށްފިނަމަ އެގްރިމެންޓް ބާތިލްކުރުމުގެ އިޚުތިޔާރު ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލަށް ލިބިގެންވެއެވެ.

އެގްރިމެންޓް ކުރެވިފައިވާ ބިމެއްގެ އެގްރިމެންޓް ބާތިލް ކޮށްފިނަމަ 01 (އެކެއް) މަސްދުވަހުތެރޭގައި ބިން ދޫކޮށްފައިވާ ފަރާތުން އެފަރާތުގެ ތަކެތި ދޫކޮށްފައިވާ ބިމުން ނަގައި އެބިންސާފުކުރުމަށްފަހު ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލާއި ޙަވާލުކުރަންވާނެއެވެ.

އެގްރިމެންޓްގެ މުއްދަތު ހަމަވެގެން ނުވަތަ އެގްރިމެންޓް ބާތިލްވެގެން ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލަށް އެބިމެއް ނެގޭއިރު އެތަނުގައި ހުރި އެއްވެސް އެއްޗެއްގެ ކުއްޔަށް ނަގައިގެން އުޅުނު ފަރާތަށް ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލުން ދޭކަށް ނުޖެހޭނެއެވެ.

ޖޫރިމަނާ ކުރުން:

11

ހ.

 

 

ށ.

 

ނ.

އެގްރިމެންޓްގެ މުއްދަތު ހަމަވެގެން ނުވަތަ އެގްރިމެންޓް ބާތިލްވެގެން ސާފު ކުރަންޖެހޭ ބިމެއް ސާފު ނުކުރާނަމަ -/ 1000(އެންހާސް) ރުފިޔާއާއި -/10000 (ދިހަހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދަކުން އެގްރިމެންޓް ކޮށްގެން އުޅުނު ފަރާތް ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު ރަށުކައުންސިލަށް ލިބިގެންވެއެވެ.

 

މިމާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވާ ބިމެއް އެބިމެއް ކުއްޔަށް ހިފިފަރާތުން ސާފު ނުކޮށްފިނަ، ކައުންސިލުން އެބިން ސާފުކޮށް އެކަމަށް ދިޔަ ޚަރަދު ބިންހިފާފައިވާ ފަރާތުން ހޯދޭނެއެވެ.

 

އެގްރިމެންޓްގެ ދަށުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުވަތަ ޖޫރިމަނާއެއް ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަ އެފައިސާއެއް ހޯދުމަށްޓަކައި މައްސަލަ ކޯޓަށް ހުށައެޅޭނެއެވެ.

ބަދަލު ދިނުން

12

ހ.

 

 

ށ.

ކުއްޔަށް ދޫކުރާ ބިންތަކުގައި ހުންނަ، ރައްޔިތުންގެ އަދި މީސްމީހުންގެ ރުއްގަހަށް ބަދަލު ދޭންވާނީ އެބިމެއް ކުއްޔަށް ހިފާފަރާތުންނެވެ.

 

ކުއްޔަށްދޫކުރާ ބިމެއްގައި ކުރާ މަސައްކަތެއްގެ ސަބަބުން އެހެން މީހެއްގެ އެއްވެސް މުދަލަކަށް ގެއްލުމެއް ވެއްޖެނަމަ، އެކަމެއްގެ ޒިންމާ ނަގަންވާނީ އެބިމެއް ކުއްޔަށް ހިފިފަރާތަކުންނެވެ.

 

ޢިމާރާތް ކުރުން:

13

ހ.

ށ.

ކުއްޔަށް ހިފާ ބޭނުމަށް އެމަސައްކަތާއި އެކަށީގެންވާ ޢިމާރާތެއް ކުރެވިދާނެއެވެ.

ކުއްޔަށް ހިފާ ބިމުގައި ޢިމާރާތް ކުރަންވާނީ ޢިމާރާތުގެ ކުރެހުން ކައުންސިލަށް ހުށަހަޅައި ފާސް ކުރުމުންނެވެ.

ސާފުކޮށް ބެލެހެއްޓުން:

14

 

ބިންކުއްޔަށް ހިފާފަރާތުން  އެތަނުގައި ކުރާ މަސައްކަތެއްގެ ސަބަބުން ހަޑިވާ ހަޑިވުން ސާފު ކުރުމުގެ އިތުރުން  އެބިމެއްގެ އިމުން ފެށިގެން ވަށައިގެން 05 (ފަސް)ފޫޓް ސާފުކޮށް ބަލަހައްޓަންވާނެއެވެ. އަދި މަގަކާއި އިންވެގެން އޮވެއްޖެނަމަ އެމަގެއްގެ 1/2 ސާފުކުރަންވާނެއެވެ.

މާނަ ކުރުން:

15

ހ.

ށ.

ނ.

ރ.

 

ބ.

މި އުޞޫލަށް ކިޔާނީ" ޢާންމު ވިޔަފާރި / ފިހާރަ ހިންގުމަށާއި، ސައިހޮޓާ،ކެފޭ ،ރެސްޓޯރެންޓް ފަދަ ވިޔާރިކުރުމަށް ފާލަންމަގުގެ ދެކުނު ފަރާތުން ބިންދޫކުރުމާއި ބެހޭ އުޞޫލު" އެވެ.

ރަށުކައުންސިލް ކަމަށް ބުނެފައި އެވަނީ ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލަށެވެ.

 އެގްރިމެންޓް ކަމަށް ބެލެވޭނީ ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ  ކައުންސިލާއި ބިންހިފާފަރާތާއި ދެމެދު މި އުޞޫލަށް ރިޢާޔަތްކޮށް ވެވިފައިވާ އެއްބަސްވުމަށެވެ.

ލޭންޑްޔޫސް ޕްލޭނުކަމަށް ބުނެފައިވަނީ މުސްތަޤުބަލުގައި ރަށުގެ މަގުތަކާއި ގޯޅިތަކާއި މީހުންއުޅޭ ސަރަހައްދާއި ވިޔަފާރި އަދި އެހެނިހެން ސަރަޙައްދުތައް ފާހަގަކޮށް ވަކި ހަމަތަކެއްގެ މަތިން ތަރުތީބުކުރެވިފައި ތަރުތީބު ކުރެވުމަކަށެވެ.

ބީލަމުގެ އުޞޫލު ކަމަށް ބުނެފައި އެވަނީ ކަނޑަ އެޅިފައިވާ ބިންތައް ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމަށް އިޢުލާނުކޮށްގެން އެންމެ މަތީ އަގެއް ހުށައަޅާ ފަރާތަކަށް ހަވާލު ކުރެވޭ ކުރުމަށެވެ.

01 ނޮވެންބަރު 2018
ހޯދާ