ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގޮނޑި،އައިޓީ މޭޒު ފަދަ ބާތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުން

FNK-B/IUL/2018/436

 

 


އިޢުލާން

                                                                                      

ނީލަންކިޔުމާ ބެހޭ:

 

ގޮނޑި، އައިޓީ،މޭޒު ފަދަ ބައެއް ބާތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. މިކުންފުނިން ދެފަހަރެއްގެމަތިން އިޢުލާނު ކޮށްގެންވެސް އެއްވެސްފަރާތަކުން ނީލަމުގައި ބައިވެރިވެފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/2000 (ދެހާސް) ރުފިޔާއެވެ. މިތަކެތީގެ ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން -/200 (ސަތޭކަ) ރުފިޔާއެވެ.

 މި ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2018 ނޮވެމްބަރ 04 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން އެތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު ލިޔުއްވައި، ސިޓީއުރައެއްގައި ބަންދުކޮށް 2018 ނޮވެމްބަރ 07  ވާ ބުދަ ދުވަހުގެ 14.00 އަށް މި ކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މިތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ، ތަކެތިނައްތާލެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ. 

31 އޮކްޓޯބަރ 2018

                                           

 

30 އޮކްޓޫބަރު 2018
ހޯދާ