ދިގުރަށު މަދަރުސާ، އދ. ދިގުރަށް
ދިވެހިރާއްޖެ
2019 ވަނަ އަހަރަށް ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އޮކްޓޯބަރު 2018  ތާރީޙް: 30                                                                                   GS160/2018/304 ނަމްބަރ:

.........................................................................................................................................................................

އިޢުލާން

ނަންބަރު:             GS160/2018/304

ޕަބްލިޝްކުރި ތާރީޚް:      30 އޮކްޓޯބަރު 2018

ސުންގަޑި:             08 ނޮވެމްބަރު 2018 ، 13:00

2019 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

           މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު GS160/2018/194

 ( 05/07/2018 ) ނަންބަރު އިޢުލާނަށް ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ އެއްވެސް ފަރާތެއް ކުރިމަތި ލާފައިނުވާތީ މިއިޢުލާން ބާތިލްކުރުމަށްފަހު އަލުން އިޢުލާނުކުރީމެވެ.

2019 ވަނަ އަހަރު މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

    މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރާ ބައްދަލުވުމަށް ވިޔަފާރި ހުއްދައިގެ ކޮޕީއެއް ގެންނަންވާނެއެވެ.

     ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން

ދިގުރަށު ސްކޫލް އޮފީސް

މަޢުލޫމާތު ސާފުކުރުން.

2018 ނޮވެމްބަރު 08 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ކެނޑުން.

2018 ނޮވެމްބަރު 19 ވާ ހޯމަ ދުވަހުގެ 13:00 ގައި

  މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

  • ·        އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6680841 އާއި ގުޅުއްވުން އެދެމެވެ.

17 B 1440

30 އޮކްޓޯބަރު 2018

 

30 އޮކްޓޫބަރު 2018
ހޯދާ