ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
2019 ވަނަ އަހަރު LKG އަށް ކުދިން ވެއްދުން

2019 ވަނަ އަހަރު LKG އަށް ކުދިން ވެއްދުމާއި ބެހޭ

 

2019 ވަނަ އަހަރު ދިރާސީ އަހަރު ފެށޭއިރު މިސްކޫލުގެ LKG އަށް އަލަށް ވަނުމަށް ބޭނުންވާ ދަރިވަރުންނަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ބެލެނިވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިގޮތުން LKG ކްލާހަށް ވެއްދުމަށްޓަކައި މިސްކޫލުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ 31 މާރޗް 2019 ނިޔަލަށް 4 އަހަރު ފުރި 5 އަހަރު ފުރިފައި ނުވާ ކުދިންނަށެވެ.

އެހެންކަމުން LKG އަށް ވައްދަން ބޭނުންވާ ދަރިވަރުންގެ ބެލެނިވެރިން 08 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސްކޫލަށް ވައްދަން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ސްކޫލް އޮފީހަށް ހުށައެޅުއްވުން އެދެމެވެ. ސްކޫލަށް ވައްދަން އެދޭ ފޯމް ސްކޫލް އޮފީހުން ލިބެން ހުންނާނެ ވާހަކަ ބެލެނިވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

-          ނޯޓް: ފޯމާއި އެކު ހުށަހަޅާންޖެހޭ ތަކެތި ފޯމުގައި ހިމެނިފައި ވާނެއެވެ.

23 އޮކްޓޫބަރު 2018
ހޯދާ