ނަޑެއްލާ ސުކޫލް
ދިވެހިރާއްޖެ
ވޯކިންގ ޔުނިފޯރމް ތައްޔާރުކޮށް ވިއްކުމާބެހޭ

ވޯކިންގ ޔުނިފޯރމް ތައްޔާރުކޮށް ވިއްކުމާބެހޭ


މި ސްކޫލުގެ ދަރިވަރުންގެ ވޯކިންގ ޔުނިފޯރމް ތައްޔާރުކޮށް ވިއްކުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ނޮވެމްބަރ 2018 ވާ ބުދަ ދުވަހުގެ 13:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކެވެ. މައުލޫމާތު ސާފުކުރާބައްދަލުވުމަށް ވިޔަފާރި ހުއްދައިގެ ކޮޕީއެއް  ގެންނަންވާނެއެވެ.

      މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

30 އޮކްޓޫބަރު 2018
ހޯދާ