ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫގެ ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތަކުން ހިންގަވާ އިޖްތިމާޢީ ޙަރަކާތްތަކަށާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ދިއްދޫ ކައުންސިލުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުން

ހއ ދިއްދޫގައި ރަޖިސްޓްރީކޮށްގެން ހިންގަވާ ކްލަބް، ޖަމްޢިއްޔާ އަދި ޖަމާޢަތްތަކުން ވޮލަންޓިއަރ އުސޫލުން ދިއްދޫގައި ހިންގަވަން ބޭނުންފުޅުވާ އެކިއެކި އިޖްތިމާޢީ ޙަރަކާތްތަކަށާއި، ޢާންމު ރައްޔިތުންނަށް ފައިދާ ހުރި ތަރައްޤީގެ ބައެއް މަޝްރޫޢުތަކަށް ދިއްދޫ ކައުންސިލުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ، ދިއްދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ ކައުންސިލްގެ ވަޢުދެކެވެ. އަދި 2018 ވަނަ އަހަރުގެ ދިއްދޫ ކައުންސިލްގެ ބަޖެޓް ފާސްކުރެވުނު އެކަމަށް ވާނީ ފައިސާ ވެސް ބަޖެޓްކޮށް ހިމެނިފައެވެ.

ވީމާ، މި ފަދަ އެކިއެކި ޙަރަކާތްތަކާއި، މަޝްރޫޢުތައް ހިންގަވަން ބޭނުންފުޅުވާ ކްލަބް، ޖަމްޢިއްޔާ އަދި ޖަމާޢަތްތަކުން، މި ކަމަށް އެދި ހުށަހަޅާ ފޯމާއި، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 29 ނޮވެމްބަރ 2018 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. އަދި މި ކަމަށް އެދި ހުށަހަޅާ ފޯމާއި، ޕްރޮޕޯޒަލްގެ ޓެމްޕްލޭޓް 1 ނޮވެމްބަރު 2018 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. 

28 އޮކްޓޫބަރު 2018
ހޯދާ