ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އުސޫލުން މުވައްޒަފުން ބޭނުންވެއްޖެ

މަޤާމް: ވަގުތީ މަސައްކަތު

ބޭނުންވާ އަދަދު: 02 (ފިރިހެން)

ގިންތި: ވަގުތީ 

ރޭންކު: ެސް.އެސް 1 (SS1)

މުއްދަތު: މީލާދީ 01 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން: ފިރިހެނުންގެ މިސްކިތްތަކުގައި        

 

މަސައްކަތް ކުރަންޖެހޭ ވަގުތު: މިސްކިތު މަސައްކަތު މުވައްޒަފަކު ޗުއްޓީއާއި ސަލާމްގައި ތިބޭ ވަގުތުތަކާއި މިސްކިތެއްގެ މަސައްކަތު މުވައްޒަފަކު ރިޓަޔަރުކުރުމުން އެމިސްކިތަކަށް ދާއިމީ މުވައްޒަފަކު ލިބެންދެނެވެ. އެހެންކަމުން މުސާރައާއި އެލަވަންސް ލިބިލައްވާނީ އެފަދަ ހާލަތުގައި ހަމައެކަނި މިސްކިތަށް ނުކުންނަ ދުވަސްތަކަށެވެ.

 މުސާރައާއި އެލަވަންސް: ކޮންމެ ނަމާދު ވަގުތަކަށް -/45ރ ރުފިޔާ ރޭޓުން

 ތަޢުލީމާއި ތަޖުރިބާ: އަސާސީ ފެންވަރަށް ލިޔަންކިޔަން އެނގުމާއި އެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއި އެކު އިންޓަވިއުއިން ފާސްވުން

 މަޤާމުގެ މަސްއޫލިއްޔަތު: މިއިދާރާއިން ހަމަޖައްސަވާ މިސްކިތެއްގައި ، އެމިސްކިތަކާއި އެވަގުތަކު ޙަވާލުވެހުންނަވާ އިމާމް / މުދިމް އަންގާ ގޮތެއްގެ މަތިން މިސްކިތު މަސައްކަތު މުވައްޒަފުން ކުރާ މަސައްކަތްތައް ކުރުން އަދި ދިމާވާ ކަންތައްތައް ޤަވައިދުން ކައުންސިލް އިދާރާއަށް ރިޕޯޓްކުރުން

 ހުށަހަޅަންޖެހޭ ލިޔުންތައް: ވަޒީފާއަށް އެދޭ ފޯމް ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ

 މަޤާމަށް އެދުމުގެ ސުން ގަޑީ: 31 އޮކްޓޯބަރ 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން

 މަޢުލޫމާތު ސާފުކުރުން: އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި ރަސްމީ ގަޑީގައި 6528831 ނުވަތަ 6527180 އަށް ގުޅުއްވުން އެދެމެވެ.

25 އޮކްޓޫބަރު 2018
ހޯދާ