ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޓްރެއިނިންގ ހޯލެއް ކޭޓަރިންގ ޙިދުމަތާއެކު ކުއްޔައް ހޯދުމަށް

 

   ނަންބަރު:IUL)196-C/1/208/55)

 

ތިރީގައިވާ މަޢުލޫމާތާ އެއްގޮތަށް ޓްރެއިނިންގ ހޯލެއް ކޭޓަރިންގ ޙިދުމަތާއެކު ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

މިއޮފީހުގެ ބޭނުމަށް ތިރީގައިވާ މަޢުލޫމާތާ އެއްގޮތަށް ޓްރެއިނިންގ ހޯލެއް ކޭޓަރިން ޙިދުމަތާއެކު ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ.

ބޭނުންވާ ދުވަސްތައް: 05 ނޮވެންބަރު 2018 އިން 08 ނޮވެންބަރު 2018 އަށް އަދި  12 ނޮވެންބަރު 2018 އިން 15 ނޮވެންބަރު 2018 އަށް ( ޖުމުލަ  08 ދުވަސް)

ބޭނުންވާ ގަޑި: ހެނދުނު 08:00 އިން ހަވީރު 17:00 އަށް

ބައިވެރިންގެ އަދަދު: 26 (ސައްބީސް) ބައިވެރިން ކޮންމެ ދުވަހަކު

 

* މީގެ އިތުރުން ދެ ޓްރެއިނިންގ ފެށުމުގެ ރަސްމިއްޔާތު އޮންނަ ދެ ދުވަހު (05 ނޮވެންބަރު 2018 އަދި 12 ނޮވެންބަރު 2018) އިތުރު 10 ބޭފުޅުން ބައިވެރިވާނެވެ. އަދި މި 10 ބޭފުޅުންނަށް ހެނދުނު ސައި ހަމަޖައްސާދޭންވާނެވެ.

 

ޓްރެއިނިންގ ހޯލުގައި ހިމެނެންހެންޖެހޭ ވަޞީލަތްތަށް:

- ގްރޫޕު ސްޓައިލް ހޯލް އެރޭންޖްމެންޓް،  ސައުންޓް ސިސްޓަމް، ޕްރޮޖެކްޓަރ، ޕޯޑިއަމް މައިކާ އެކު، އެޑްމިނިސްޓްރޭޝަން ޓޭބަލް (ދެމީހުނަށް)، 2 ހޭންޑް ހެލްޑް މައިކް، ފްލިޕް ޗާޓް، އިންޓަރނެޓް، ވައިޓް ބޯޑް، ވައިޓް ބޯޑު ދެވައްތަރުގެ މާކަރު އަދި ސްޓޭޝަނަރީސް ( ފަންސުރު، ގަލަން، ފުހޭރަބަރު، އޭފޯ ކަރުދާސް) ލިބެން ހުންނަށްވާނެވެ.

ނޯޓު: ޓްރެއިނިންގ ހޯލު ވާންވާނީ 26 މީހުންނަށް އެކޮމަޑޭޓް ކުރެވޭވަރުގެ ޖާގައިގެ ގޮތުން ތަނަވަސް ތަނަކަށެވެ.

ކޭޓަރިންގ ހިދުމަށް ތިރީގައިވާ ގޮތަށް ހަމަޖެއްސުން:

ހެނދުނު ސައި 09:00 ގައި، މެންދުރު ކެއުން 13:00 ގައި، ހަވީރު ސައި 16:00 ގައި، އަދި ޓްރެއިން ކުރިއަށްދާ ވަގުތު ތަކުގައި ކޮފީ، ސައި، ފެން އަދި ކޮންމެވެސް ބާވަތެއްގެ މެޓާ ލިބެން ހުންނަށްވާނެވެ.

 

  • ·       އަންދާސީ ހިސާބާއެކު ޓްރެއިންގ ހޯލުގެ ކުލަފޮޓޯ އާއި ކޭޓަރިންގ މެނޫ ހުށަހަޅަން ވާނެވެ.
  • ·       އަދި މިކަމާ ގުޅިގެން މުޢާމަލާތު ކުރާނެ ފަރާތެއްގެ މަޢުލޫމާތު ހިމަނަށްވާނެވެ.
  • ·       މާކްސް ދިނުމުގައި ބަލާނީ ހުށަހަޅާ އަގަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަތީގައިވާ މަޢުލޫމާތާ އެއްގޮތަށް 2018 ނޮވެންބަރު 01 ވަނަ ދުވަހުގެ 10:30 ގެ ކުރިން މިއޮފީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލްގެ ޒަރީޢާއިން ހުށަހަޅުއްވާނަމަ، ސުންގަޑި ހަމަވުމުގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް 9886071/9122825 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

 

19 ޞަފަރު 1440

 

28 އޮކްޓޫބަރު 2018
ހޯދާ