ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ނަންބަރ: |
J03C/2018/01 |
|
ތާރީޚް: |
28 އޮކްޓޫބަރު 2018 އާދިއްތަ |
||
|
އަގުކޮމެޓީގެ މެންބަރު (3އަހަރުދުވަހުގެ މުއްދަތަށް ) |
ރޭންކް: |
- |
|
ވ. ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓްކޯޓް،ވ.އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތައް |
||
|
1- ލިޔަންކިޔަންދަތުމާއެކު މަސައްކަތަށްބޭނުންވާތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ޙާޞިލްކޮށްފައިވުން، ނުވަތަ 2- ލިޔަންކިޔަންދަތުމާއެކު މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. |
||
|
|
||
|
|
||
|
|
||
|
އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފަރާތްތަކުން 2018 ނޮވެމްބަރުމަހުގެ 13 ވާ އަންގާރަ ދުވަހުގެ ކޯޓު ބަންދުވުމުގެ ކުރިން" އަގުކޮމެޓީގެ މެންބަރުކަމަށްއެދޭ ފޯމް" ފުރިހަމަކުރުމަށްފަހު، ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. |
އެހެނިހެން މަޢްލޫމާތު: |
މި އިޢްލާނަކީ މި ކޯޓުގައި ޤާއިމްކުރާ އަގުކޮމެޓީގެ މެންބަރުންގެ ދަފްތަރު އެކުލަވާލުމަށްޓަކައި އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ކުރެވޭ އިޢްލާނެކެވެ. ފޯމްފޮނުވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުފުރިހަމަވާ ފަރާތައް ހިމަނައިގެން އެކުލަވާލެވޭ މިދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން އަގުކޮމެޓީ ޢައްޔަންކުރެވޭނީ ،ދަފްތަރުގައި ހިމެނިފައިވާ މީހުންތެރެއިން އަގުކުރަންޖެހޭ މައްސަލައަކާއިގުޅިގެން އަގުކުރެވޭ ތަނާއި، ތަކެއްޗާއި، މައްސަލައިގެ ޚަޞްމުނާއި ޢާއިލީގޮތުން ނުވަތަ ވިޔަފާރީގެ ގޮތުން ގުޅުންނެތް ނުވަތަ އެކަމުގައި މަޞްލަޙަތެއްނެތް މީހުންގެ ތެރެއިން މަދުވެގެން 3 ފަރާތެއް ހިމަނައިގެންނެވެ. އަދި އަގުކޮމެޓީގެ ދަފްތަރުގައި ހިމެނުމަށް އެދި ހުށަހަޅުއްވައިގެން ރަޖިސްޓްރީގައިހިމެނޭ ފަރާތްތަކަކީ މިއަތޮޅުގެ އެހެން ރަށްރަށުގެ މެޖިސްޓްރޭޓްކޯޓުތަކުގައި ހިންގޭ މައްސަލަތަކުގެ ތެރެއިން ޝަރުޢީ އަގުކުރަންޖެހޭ މައްސަލަ ތަކުގައި މަސައްކަތްކުރަންޖެހިއްޖެނަމަ އެ ތަންތަނަށް ފޮނުވޭނެ ފަރާތްތަކެވެ. އަގުކުރުމުގެ މަސައްކަތް ކުރަމުންގެންދާނީ އެކަމަށްޓަކައި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލްއެޑްމިނިސްޓްރޭޝަނުން އެކަމަށް އެކުލަވާލައްވާފައިވާ އުޞޫލާއެއްގޮތްވާގޮތުގެ މަތިންނެވެ. |