ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓާނެ ފަރާތްތަކެއް ހޯދުމަށްބޭނުންވެއްޖެ

އިޢުލާން

 

 އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓާނެ ފަރާތްތަކެއް ހޯދުމަށްބޭނުންވެއްޖެ 

ބުރުނީގެއިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ބަލަހައްޓައިދޭނެ ފަރާތްތަކެއް ހޯދުމަށް މިއިދާރާއިންކޮށްފައިވާ ނަމްބަރ (IUL)382/382/2018/56 (10 އޮކްޓޫބަރު 2018) އިޢުލާނުގެ މުއްދަތު ހަމަވިފަހުންވެސް މިމަސައްކަތްކުރުމަށް ބައިވެރިވާން ބޭނުންވާ ފަރާތްތައް ހުރުމާއެކު އެފަރާތްތަކަށް ފުރުޝަތު ދެއްވުމުގެ ގޮތުން ފޯމް ހުށަހެޅުމުގެ ފުރުޝަތު ހުޅުވާލަމެވެ. ނަމަވެސް މިމުއްދަތުގެ ތެރޭގައި ހުށަހަޅާ ފަރާތްތަކާމެދު ވެވޭ އެއްބަސްވުމުގެ މުއްދަތު 31 އޮކްޓޯބަރ 2019 ހަމަވާނެއެވެ

ބޭނުންވާ ޢަދަދު:

  • ކުރިމަތިލާ ހުރިހާ ފަރާތެއް ( ޝަރުތު ފުރިހަމަވާ )

ޝަރުތު:

 

  • އުމުރުން 18 އަހަރު ފުރި ފައިވާ މީހަކަށްވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ މީހެއްކަމުގައި ވުން

މަސައްކަތު ވަގުތާއި އުޖޫރަ

  •  މިމަސައްކަތުގެ އުޖޫރަ ދެވޭނީ އިޖްތިމާއީ ސަރަހައްދު ކުނިކެހުމަށް ދައުލަތުން ދެއްވާ ފައިސާ އިން މަހަކަށް ޖެހޭ އަދަދު އެމަހަކު މަސައްކަތް ކުރި ދުވަސްތަކުގެ ޙާޟިރީ އަށްބަލައި  ހިސާބު ކުރުމަށްފަހު  ލިބޭ އަދަދަކީ  މަހަކަށް އެމީހަކަށް ލިބޭ އުޖޫރަ ކަމުގައި ބަލައިގެންނެވެ.
  • މަސައްކަތަށް ނުނިކުންނަ ދުވަސްތަކަށާއި މަސައްކަތަށް ގަޑިޖެހިފައިވާ ވަގުތުތަކަށް ވާމިންވަރު އުޖޫރައިން އުނިކުރެވޭނެވެ.
  • އާއްމު ގޮތެއްގައި މަސައްކަތް ކުރުން އޮންނާނީ ގިނަވަގެން މަހަކު 15 ދުވަހު، ދުވާލަކު 2 ގަޑިއިރުއެވެ. ނަވަވެސް ކައުންސިލުން ބޭނުންވެޖެނަމަ މިދުވަސްތަކާ ވަގުތު ބަދަލު ކުރުމުގެ އިހްތިޔާރު މަސައްކަތް ޙަވާލުކުރި ފަރާތަށް ( ބުރުނީ ކައުންސިލްގެ އިދާރާ ) ލިބިގެންވެއެވެ.
  • ރަށުގެ އާއްމު ސާފްތާހިރުކަން ގެއްލި އިތުރަށް ސާފް ކުރުމުގެ މަސައްކަތެއް ކުރަންޖެހޭނަމަ އެމަސައްކަތެއް ކުރަން
  • އަންގާ ދުވަހަކު މަސައްކަތަށް ނިކުންނަން ވާނެއެވެ.

އިތުރުގަޑީ މަސައްކަތް ކުރުން

  • މިމަސައްކަތް ކުރުމުން އިތުރުގަޑީގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބޭނެއެވެ.

އުޖޫރައިން އުނިކުރުން:

  • މަސައްކަތަށް ނުނިކުންނަ ދުވަސްތަކަށާއި، މަސައްކަތަށް ގަޑިޖެހިފައިވާ ވަގުތުތަކަށް ހަމަޖެހިފައިވާ މިންވަރު  އުޖޫރައިން އުނިކުރެވޭނެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ރަށުގެ އިޖުތިމާޢީސަރަޙައްދުތަކާއި މަގުތަކާއި އަދި ކައުންސިލުން ބަލަޙައްޓަމުންގެންދާ ބިންތަކާއި ރައްޔިތުންގެ އިމާރާތް ހިމެނޭ ގޯތިތަކާއި އެގޯތިތަކުގެ ވަށައިގެންވާ މަގުތަށް ކުނިކަހާ ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން ( އިޖްތިމާއީ ސަރަހައްދު ކަމުގައި ބުނެފައިވަނީ ރަށުގެ ދެފަރާތުން ގޯތި ދޫކޮށްފައިވާ ސަރަހައްދު ގޮޑުދޮށާ ހަމައަށް އޮތް ހުސްބިމާއި، ބަނދަރާއި ޕާކްތައް ހިމޭނޭ ބިންވެސް ހިމެނޭ ސަރަހައްދުތަކެވެ. )
  • ދިމާވާ މުހިންމު ކަންކަމާއިގުޅިގެން ކައުންސިލުން އެވަގުތަކު ސާފުކުރުމަށް ކަނޑައަޅާ ތަންތަނާއި މަގުތަށް ސާފުކޮށް ބެލެހެއްޓުން

    ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން  މިކަމަށް އެދި ކުރިމަތިލުމަށް ކައުންސިލުން ދޫކުރާ ފޯމް ފުރުއްވައި، އައިޑެންޓިޓީ ކާޑުގެ ކޮޕީއާއިއެކު 18 ނޮވެމްބަރ 2018 އާދިއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780038 ފޯނަށް ގުޅުއްވުން އެދެމެވެ.

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                   15 ޞަފަރު    1440

                   25  އޮކްޓޫބަރު  2018

25 އޮކްޓޫބަރު 2018
ހޯދާ