ދިވެހިރާއްޖެ
މަޤާމް :އެގްޒާމް އިންވިޖިލޭޓަރ | |||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ބޭނުންވާ އަދަދު :36 | |||||||||||||||||||||
އެގްޒާމް އިންވިޖިލޭޓަރ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ދެވަނަ ޓަރމްގެ ފައިނަލް އިމްތިޙާނު އައުޓްރީޗް ސެންޓަރުތަކުގައި ބޭއްވުމަށް އިންވިޖިލޭޓަރުން ހޯދުމަށް ކުރި އިއުލާނަށް ( MNU-CA-EX-2018-8 ) އެކަށީގެންވާ ވަރަށް ބައެއް އައުޓްރީޗް ސެންޓަރުތަކަށް އިންވިޖިލޭޓަރުން ނުލިބުމާއި ގުޅިގެން އަލުން އިންވިޖިލޭޓް ކުރުމަށްއެދި ފޯމުހުށައެޅުމުގެ ސުންގަޑި 30 އޮކްޓޯބަރ 2018 ގެ 12:00 އަށް އިތުރު ކޮށްފައިވާ ކަމުގައި ދެންނެވީމެވެ. އަދި ކުރިން ކޮށްފައިވާ އިއުލާނާއި ގުޅިގެން ފޯމުހުށައަޅާފައިވާ ފަރާތްތަކުން އަލުން ފޯމުހުށައަޅަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނުގައި އިމްތިޙާނަށް އިންވިޖިލޭޓަރުން ބޭނުންވާ އަދަދު ކަމަށް ކަނޑައަޅާފައިވާ ޢަދަދަކީ މިހާތަނަށް އައުޓްރީޗް ސެންޓަރުތަކުގައި ބާއްވާ ޔުނިވަރސިޓީގެ 2 ވަނަ ޓަރމްގެ އިމްތިހާނުތަކުގައި ބައިވެރިވާނެކަމަށް ލަފާކުރެވޭ ދަރިވަރުންނާއި އެ ދަރިވަރުންނަށް ބޭނުންވާނެ އިމްތިހާނު ހޯލުތަކަށް ރިޢާޔަތްކޮށްގެން ކަނޑައަޅާފައިވާ ޢަދަދެކެވެ. ކިޔަވައިދިނުމުގެ އެކި މަރުހަލާތަކުގެ ތެރެއިން އިމްތިހާނު ޙައްޤުވާ ދަރިވަރުންގެ ޢަދަދަށް ބަދަލުތަކެއް އަތުވެއްޖެނަމަ، މިހާރު އިންވިޖިލޭޓަރުން ބޭނުންވާ ކަމަށް ކަނޑައަޅާފައިވާ ޢަދަދަށް ބަދަލު އަތުވެދާނެއެވެ.
|