މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން

އިޢްލާން

 

މިރަށު "ޑައިމަންޑްވިލާ" ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން

                  މިރަށު ޑައިމަންޑްވިލާ ޢަބްދުއްރަޙީމް އާދަމުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ "ޑައިމަންޑްވިލާ" އެވެ. ކިޔާ ބަންޑާރަ ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އެގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ އަލުން ހަދާދިނުމަށް އެދި ޢަބްދުއްރަޙީމް އާދަމް ވަނީ މިއިދާރާއަށް ހުށަހަޅާފައެވެ.

                  ވީމާ، މަތީގައި ދެންނެވުނު މިރަށު "ޑައިމަންޑްވިލާ" އެވެ ކިޔާ ބަންޑާރަ ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ އާއިބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، 15 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެކަން މި އިދާރާއަށް އަންގަވާ ދެއްވުން އެދެމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

24 އޮކްޓޫބަރު 2018
ހޯދާ