ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 198A/2018/88
|
ތާރީޚް: 21 އޮކްޓޫބަރު 2018
|
މަޤާމު
|
އެސިސްޓެންޓް ޗީފް ކޯޓް މާސްޓަރ
|
ރޭންކް: އެމް.އެސް 3
|
ޢަދަދު
|
1
|
ސެކްޝަން: ސެކިއުރިޓީ
|
މަސައްކަތްކުރަންޖެހޭ ތަން
|
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
|
އަސާސީ މުސާރަ
|
-/7،035 ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: 3,517.50 (މުސާރައިގެ %50)
- ސަރވިސް އެލަވަންސް: -/2،000
- ލިވިންގ އެލަވަންސް: -/3،000
- ރިސްކް އެލަވަންސް: -/3،000
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
މަޤާމުގެ މަސްއޫލިއްޔަތުތައް
|
- ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމްތައް ޑިވިޜަންގެ ވެރިޔާގެ ލަފާގެ މަތިން ރާވާ ހިންގުން.
- ޝަރުޢީދާއިރާގެ ސެކިއުރިޓީ ނިޒާމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކޮށް ސުޕަވައިޒް ކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
- ޖަސްޓިސް ބިލްޑިންގުގެ ކޮންޓްރޯލް ރޫމާއި މެއިން ކޮންޓްރޯލް ރޫމްގައި ޑިއުޓީ ކުރަންޖެހޭ މުވައްޒަފުން ގަޑިއަށް ޑިއުޓީއަށް ހާޟިރުވޭތޯ ބަލައި، އެމުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކުރުމާއި، އެތަނުގައި ހުންނަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ކަންކަން ރާވާ ހިންގާ ބެލެހެއްޓުން.
- މިޑިޕާޓްމަންޓުން އަންގާ ގޮތެއްގެ މަތިން، ކޯޓްތަކުގެ ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއި، ފަނޑިޔާރުން އެސްކޯޓް ކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން
|
|
- މިޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައި ހުންނަ އުޅަނދުފަހަރުގައި ކުރަންޖެހޭ އެންމެހާ ދަތުރުތައް ކުރުވުމާއި ރައްކާތެރިކަމާއެކު އުޅަނދު ބެލެހެއްޓުމުގައި މިޑިޕާޓްމަންޓުން އިންތިޒާމްކުރާ އުސޫލެއްގެ ދަށުން ޑްރައިވަރުން އަދާކުރަންޖެހޭ މަސްޢޫލިއްޔަތު އަދާކުރޭތޯ ބެލުން.
- ޝަރުޢީދާއިރާއަށް ދިމާވެދާނެ ސެކިއުރިޓީ ތްރެޓްތައް އެނެލައިޒްކޮށް އެކަމަށް ހޯދާނެ ހައްލުތައް ދަނެގަތުން.
- ސެކިއުރިޓީ ސެކްޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ޑިއުޓީ ޝެޑިއުލްތައް ފައިނަލްކޮށް، އެތާވަލާ އެއްގޮތަށް މުވައްޒަފުން ޑިއުޓީ ކުރަމުންދޭތޯ ޤަވާޢިދުން ޗެކްކޮށް ބެލެހެއްޓުން.
|
އަސާސީ ޝަރުޠު
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން، ނުވަތަ
މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކްހެއް ލިބެމުން ދިއުމާއެކު، މިމަޤާމާއި ގުޅޭ ދާއިރާއެއްގެ MS2 ރޭންކުގައި މަދުވެގެން 3 އަހަރު އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
މިމަޤާމާއި ގުޅޭ ދާއިރާއަކުން ސަރުކާރުގައި ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ފެންވަރުގެ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި ކަމާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުމާއެކު ސީނިއަރ ލެވެލްގައި ތަޖުރިބާ ލިބިފައިވުން. އަދި،
ދިވެހިބަހާއި އިނގިރޭސިބަހުން ރީތިކޮށް މުޢާމަލާތުކުރަން އެނގުން.
|
އެހެނިހެން ޝަރުތު
|
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތު ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުމާއެކު އަދި އެހެނިހެން ކުށެއްގައި ޙުކުމެއް ކޮށްފައިވާނަމަ އެ ޙުކުމް ތަންފީޛު ކުރިތާ 7 އަހަރު ވެފައިވުން.
- އުމުރުން 18 އަހަރު ފުރި 45 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
- ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުން.
- މާލެ އާއި ރާއްޖޭގެ ރަށްރަށުގައި ގާއިމްކޮށްފައިހުންނަ ކޯޓް ތަކުގައި ޓާމް ޑިއުޓީ ކުރެވޭނެ މީހެއްކަމުގައިވުން.
- އިސްކޮޅުގައި، ފިރިހެނެއްނަމަ 5 ފޫޓް 3 އިންޗި ހުރުން، އަދި އަންހެނެއްނަމަ 5 ފޫޓް ހުރުން.
- ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތެއްކަމުގައިވުން.
|
ހުށަހަޅަންޖެހޭ ތަކެތި
|
1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
|
ސުންގަޑި
|
2018 އޮކްޓޫބަރު 29 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006281
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- މިމަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތު ކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.
- B1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން.
- އަމިއްލަ އިސްނެގުމާއެކު ޓީމް މެމްބަރެއްގެ ގޮތުން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރި މީހަކަށްވުން.
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.
- މިޑިޕާޓްމަންޓުންދޭ ފިޒިކަލް ފިޓްނަސް ބެލުމުގެ ޓެސްޓަކުން ފާސްވާންޖެހޭނެއެވެ.
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|