ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްކޫލް ކަރަންޓް ވިއުގައަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުން

 

ޢިޢުލާން ނަމްބަރ: GS05-C /IUL/2018/08    

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ސްކޫލް ކަރަންޓް ވިއުގައަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުން 

 

  1. މި މަރުކަޒުގެ ކަރަންޓް ވިއުގަރގެ މަސައްކަތްކުރުމަށް ކުރި ނަންބަރު GS05-C/IUL/2018/05 ( 26 ސެޕްޓެމްބަރ 2018 ) އިއުލާން ބާޠިލްކޮށް، މި މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
    1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 އޮކްޓޯބަރ 22 އިން 2018 އޮކްޓޯބަރ 29 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުނެތް ވާހަކަ ދަންނަވަމެވެ. 
      1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2018 އޮކްޓޯބަރ 30 ވާ އަންގާރަ ދުވަހުގެ 09:30 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ. 
        1. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 އޮކްޓޯބަރ 31 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. 
          1. ބިޑް ހުޅުވުން އޮންނާނީ 2018 އޮކްޓޯބަރ 12 ވާ ހޯމަ ދުވަހުގެ 01:30 ގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންރޫމްގައެވެ. 
            1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
              1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
21 އޮކްޓޫބަރު 2018
ހޯދާ