ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލް އިދާރާގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ

ފިއްލަދޫ

ދިވެހިރާއްޖެ

  ނަމްބަރ: (IUL)252/2018/26 

 

 

އިޢުލާނު

އަންދާސީހިސާބު ބޭނުންވެއްޖެ.

 

            ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލް އިދާރާގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.   

           ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހުގެ 13:00 އަށް ފިއްލަދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 29 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހު 13:00 އަށް ފިއްލަދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މިމަސައްކަތައް ކުރިމަތިލެވޭނީ ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި ކުންފުނިތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީއެއް ހުށައަޅަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވާ މީހެއްކަން އެނގޭފަދަ ލިޔުމަކާއެކު ބަދަލުގައި ފޮނުވާ ފަރާތުގެ އައިޑީ ކާޑް ކޮޕީއެއް ހުށައަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި " ފިއްލަދޫ ކައުންސިލް އިދާރާގެ ވަށާފާރު ރޭނުމުގެ މަސައްކަތަށް އެދި " މިހެން ލިޔެފައެވެ.

           މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމަށް ފަހު ހުށައަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.  

       މިހެންވެ މިކަން އާއްމުކޮށް އިޢުލާނުކުރީމެވެ.     

06 ޞަފަރު  1440

15 އޮކްޓޯބަރ 2018

 

 

                                                                         

      

15 އޮކްޓޫބަރު 2018
ހޯދާ