ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަމްޕު ހައުސް އިމާރާތްކުރުމައް އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން ނަމްބަރ:  IUL-D/423/2018/ 47    

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ނޭޝަނަސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކުރިއަށްގެންދާ ރަށްތަކުގައި ފެން ބޮޑުވުމުގެ ހާދިސާތަކަށް ވިލުންވެރިކަން އިތުރުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ފަރެސްމާތޮޑާގައި ފެންހިއްކުމަށް ބޭނުންވާ އާލާތްތައް ބޭނުންކުރުމާއި ބެލެހެއްޓުމަށް ފެންހިއްކާ ޕަމްޕު ހައުސްއެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން މިއިދާރާއިން

 30 ސެޕްޓެމްބަރ 2018 ގައިކުރި އިޢުލާން އަށް އެކަށީގެންވާވަރައް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ މިއިދާރާގެ ނަމްބަރ: IUL-D/423/2018/45 އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން  17 އޮކްޓޯބަރ 2018  ވާ ބުދަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 އޮކްޓޯބަރ 2018 ވާ އަންގާރަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން  އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި " ފަރެސްމާތޮޑާގައި ޕަމްޕު ހައުސްއެއް ގާއިމްކުރުމުގެ މަސައްކަތް "  މިހެން ލިޔެފައި އޮންނަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު އާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބު ތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޞަފަރު   1440

14 އޮކްޓޯބަރ  2018

14 އޮކްޓޫބަރު 2018
ހޯދާ