ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު ވޮލީލީގު 2018 ހިންގައިދޭނެ ފަރާތެއް ހޯދުން

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ މަސައްކަތު ތާވަލްގައި ހިމެނޭ ޙަރަކާތްތަކުގެ ތެރެއިން ޅ. އަތޮޅަށް ހުޅުވައިލައިގެން ވޮލީބޯޅަ މުބާރާތެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ދެވޭނީ ޅ. އަތޮޅަށް ނިސްބަތްވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ޅ. އަތޮޅުގައި ޤާއިމްވެފައިވާ ރިސޯޓްތަކާއި އަދި ޅ. އަތޮޅުގައި ހުރި ސިނާއީ މަސައްކަތްކުރާ ރަށްރަށެވެ.

 1.      ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތައް:

a)      ހުށަހަޅާ ފަރާތުގެޕްރޮފައިލް

b)      ފާއިތުވި އަހަރުތަކުގެ ތެރޭގައި ވޮލީ މުބާރާތެއް ރާވާ ހިންގަފައިވާ ނަމަ އެކަމުގެ ތަފްޞީލް، އަދި އެކަމުގެ ލިޔުން ތައް  

c)      މުބާރާތް ބޭއްވުމަށް ކަނދައަޅަ ތާރީޅް ( މި ތާރީޚް ވާންވާނީ 2018 ގެ ތާރީޚަކަށެވެ. )

d)      މުބާރާތް ހިންގައި ދިނުމަށް ހުށަހަޅާ އަގު ( ބަޖެޓް ތަފްޞީލް އެޓޭޗްކުރަންވާނެއެވެ. )

e)      މުބާރާތް ހިންގުމަށް، ހިންގާފަރާތުން ދޭނެ ވަޞީލަތް ތައް

 2.      އެއް ފަރާތަކަށް ވުރެ ގިނަ ފަރާތަކުން ޕްރޮގްރާމް ހިންގައިދިނުމަށް ޝައުޤުވެރިކަން ފާޅުކުރައްވައިފިނަމަ، މުބާރާތް ހިންގައިދިނުމަށް ޙަވާލުކުރެވޭނީ ތިރީގައިވާ އިވެލުއޭޝަން ސިސްޓަމްގައި އެންމެ މަތިން ޕޮއިންޓް ސްކޯރ ކުރައްވާ ފަރާތަކާއެވެ.

ކްރައިޓީރިއާ

ޕޮއިންޓް ދިނުމަށް ކަނޑައަޅާ ގޮތް

%

ޤާބިލްކަން

ތަޖްރިބާ  (ކުރިން ވޮލީ މުބާރާތް ހިންގާފައި ވާ މިންވަރު ، ހިންގުނު ލެވެލް )

15

މުބާރާތް ހިންގާ ފަރާތުން ފޯރުކޮށްދިނުމަށް ހުށަހަޅާ ވަޞީލަތްތައް

35

ހުށަހަޅާ އަގު

(Lowest Price / Proposed Price)x50%

50

 ވީމާ، މިކައުންސިލްއާ ގުޅިގެން ފާދިއްޕޮޅު ވޮލީލީގު 2018 (ވޮލީބޯޅަ މުބާރާތް) ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަމަށް ޝައުޤުވެރިވާކަން ހާމަކޮށް 25 އޮކްޓޯބަރ 2018 ވަނަދުވަހުގެ 14:00 ގެ ކުރިން ސިޓީ ( މެއިލް ނުވަތަ ހާރޑްކޮޕީ ) ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ސިޓީއާއެކު، މުބާރާތް ހޮސްޓްކޮށްދިނުމަށް ހުށަހަޅާ ޕްރޮޕޯރސަލް އެޓޭޗްކުރެއްވުން އެދެމެވެ. 

14 އޮކްޓޫބަރު 2018
ހޯދާ