ހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް ފަހައިދީ އަދި ވިއްކުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން.

އިޢުލާން

އެކްޓިވިޓީ  ޔުނިފޯމް ފަހައިދީ  އަދި ވިއްކުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން.

މިސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ  ޔުނިފޯމް ފަހައިދީ  އަދި މެދުނުކެޑި ޔުނިފޯމް ވިއްކުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިސްކޫލުގެ ނަންބަރ  GS54/IUL/2018/20އިޢުލާނާއި ގުޅިގެން ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމެންޓްތައް ފުރިހަމަކޮށް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާނާއިގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތައް ބާޠިލް ކޮށް އަލުން މިމަސައްކަތަށް އަގުހުށަހެޅުމުގެ ފުރުސަތު ހުޅުވިވާހަކަދެންނެވީމެވެ. 

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ތާރީޚަށް ހުޅުދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

23 އޮކްޓޯބަރ 2018 ވާ އަންގާރަ ދުވަހު 10:30 އަށް

  31 އޮކްޓޯބަރ 2018 ވާ ބުދަ ދުވަހު 10:30 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި އަންދާސީހިސާބު ހުށަހެޅުމަށް އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6894068 ނަންބަރު ފޯނާއެވެ.

14 އޮކްޓޫބަރު 2018
ހޯދާ