ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ނަންބަރު: IUL)196-C/1/2018/52) 

ވަޒީފާގެ ފުރުޞަތު

 

މަޤާމު:                ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:          4 (ހަތަރެއް)

މުސާރަ:               -/11,158 ރުފިޔާ

ލިވިންގ އެލަވަންސް:       -/3,000 ރުފިޔާ

ރިސްކް އެލަވަންސް:       -/2,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:   މާލެ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  މިއޮފީހަށް ހުށަހަޅާ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު: ޤާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 (ފުރަތަމަ ޑިގްރީ) ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ޢުމުރުން 60 އަހަރު ވެފައިނުވުން.

އިތުރު އެލަވަންސް: މި މަޤާމަށް ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 55 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/150 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 18 އޮކްޓޫބަރު 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

                                                                  

ނޯޓް: މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުތުފުރިހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ފޯމް ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 12:00 އިން 14:00 އަށެވެ.

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1-  ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)

2-  ވަނަވަރު

3-  ދރއ. ކާޑުގެ ކޮޕީ

4-  ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

   2 ޞަފަރު 1440

11 އޮކްޓޫބަރު 2018
ހޯދާ