މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                                               ނަންބަރު: MTCC-HRAD/IU/2018/137  

 

އިޢުލާން

 

މުވައްޒަފުން ބޭނުންވެއްޖެ:

                  މިކުންފުނީގެ މާލެ/އިންޑިއާ އާއި ދެމެދު ދަތުރުކުރާ ޓަގު ބޯޓުގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުގުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

 

#

މަޤާމް

ޖުމްލަ މުސާރަ (ރުފިޔާ)

1

ސެކަންޑް އިންޖިނިއަރ

23,500.00

1

ކައްކާ                      

12,500.00

1

ވެލްޑަރ                      

10,500.00

1

އޮއިލަރ                      

10,500.00

 

ޝަރުތު:          މަޤާމުގެ ކޮމްޕީޓެންސީ ސެޓްފިކެޓް ލިބިފައިވުން.

                 ޓްރާންސްޕޯޓް އޮތޯރިޓީގެ ޤަވާޢިދާއި އެއްގޮތަށްވާގޮތަށް ހޯދަންޖެހޭ ސެޓްފިކެޓްތަކާއި ހަދަންޖެހޭ ތަމްރީންތައް ހަދާފައިވުން.

                 އުމުރުން 60 އަހަރަށްވުރެ މަތީފަރާތަކަށް ނުވުން.

                 މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.

 

ވަޒީފާގެ ބާވަތް:       ކޮންޓްރެކްޓް

ޑިޕާރޓްމަންޓް:         ލޮޖިސްޓިކްސް ޑިޕާރޓްމަންޓް

މަސައްކަތްކުރަންޖެހޭތަން:  އިންޓަރނޭޝަނަލް ޓަގު (މާލެ/އިންޑިއާ އާއި ދެމެދު ދަތުރުކުރާ ޓަގު)

އެހެނިހެން އިނާޔަތް:    ވޮޔޭޖް އެލަވަންސް-/1500ރ. ކޮންމެ ދަތުރެއް ނިމުމުން.

               ފުޑް އެލަވަންސް -/75ރ. ދުވާލަކު

                  މެޑިކަލް އިންޝޫރަންސް

 

       ވީމާ،މަޤާމުތަކަށް ޝައުގުވެރިވާފަރާތްތަކުން  18 އޮކްޓޯބަރ 2018  ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.

 

      އީމެއިލް:       [email protected]

 

 

                                  

                                                       

                           11 އޮކްޓޯބަރ 2018

 

11 އޮކްޓޫބަރު 2018
ހޯދާ