ދިވެހިރާއްޖެ
2019 ވަނަ އަހަރަށް މިސްކޫލްގެ ޖޭ.ކޭ.ޖީއަށް ކުދިން ވެއްދުމަށް ބޭނުންފުޅުވާ ފަރާތްޕުޅުތަކުން، ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ޢަމަލުކުރައްވަމުން ގެންދެވުން އެދެމެވެ.
- އޮކްޓޯބަރ މަހުގެ 14 ން 25 އޮކްޓޯބަރ 2018 އާއި ދެމެދުގެ ދުވަހެއްގައި އެޕްލިކޭޝަން ފޯމް ނެންގެވުން.
- ފޯމް ފުރުއްވައި އޮކްޓޯބަރ 22 ން 05 ނޮވެމްބަރ 2018 އާއި ދެމެދު ސްކޫލަށް ހުށަހެޅުއްވުން.
- ފޯމާއެކު، މިދަންނަވާ ތަކެތި ހުށަހެޅުއްވުން:
- އުފަންދުވަހުގެ ސެޓްފިކެޓުގެ އަޞްލާއި އޭގެ ފޮޓޯކޮޕީއެއް ނުވަތަ އައިޑީކާޑުގެ އަޞްލާއި އޭގެ ކޮޕީއެއް
- ވެކްސިންކާޑު
- ސްޓޭމްޕް ސައިޒުގެ 3 ފޮޓޯ
- އާދައިގެ ކަރުދާސް ފައިލެއް (ޕަންޗް ފައިލެއް)
* ފޯމް ތައް ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެދުވަހަކު ހެނދުނު 9:00ން ފެށިގެން މެންދުރު 1:00 އަށް ހިތަދޫ ސްކޫލްގެ އޮފީހުންނެވެ.
އަދި ދަންނަވަމެވެ. ސްކޫލަށް ދަރިވަރުން ވެއްދުމުގައި އިސްކަންދެވޭނީ 2018 ޑިސެމްބަރ އަށް 4 އަހަރު ފުރިފައިވާ ކުދިންނަށެވެ. 2019 ވަނަ އަހަރު މާރޗް 31 ގެ ނިޔަލަށް 4 އަހަރު ފުރޭ ދަރިވަރުންނަށް ޖާގަ ދެވޭނީ މަތީގައި ދެންނެވުނު ޢުމުރުފުރާގެ ދަރިވަރުންނަށް ޖާގަ ދިނުމަށްފަހު، ޖާގަ ހުރި މިންވަރަކުންނެވެ.
ނޯޓް: 2019 ވަނަ އަހަރަށް ގްރޭޑް 1 އިން 10 އަށް ދަރިވަރުން ވެއްދުމަށް ބޭނުންފުޅުވާ ބެލެނިވެރިން ސްކޫލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އެންމެ ފުރަތަމަ ސިޓީ ހުށަހަޅުއްވާ ފަރާތްތަކަށް އިސްކަންދޭ އުޞޫލުން ޖާގަހުރި މިންވަރަކަށް 1 އިން 10 އަށް، ކޮންމެ ގްރޭޑަކުން ވެސް ޖާގަދެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
2 ޞަފަރު 1440
ޚާދިމަތުކުމް
ޑރ.އާސިއަތު މުޙައްމަދު ދިދީ
ޕްރިންސިޕަލް