އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރެސްޕިރޭޓަރީ ތެރަޕިސްޓް

މަޤާމް :ރެސްޕިރޭަޓަރީ ތެރަޕިސްޓް
ބޭނުންވާ އަދަދު :1

އިއުލާން 

  މި ހޮސްޕިޓަލުގެ، ތިރީގައިމިވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ. މިމަގާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް ފަރާތެކެވެ.

މަޤާމް:

ރެސްޕިރޭޓަރީ ތެރަޕިސްޓް

 

މަޤާމުގެ ނަންބަރު:

 J-297518

 

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

އެމް.އެސް.2

 

މަޤާމުގެ ކްލެސިފިކޭޝަން:

  ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މާލެ

 

މުސާރަ:

މަހަކު -/6295 ރުފިޔާ

 

ސަރވިސް އެލެވަންސް:

ރިސްކް އެލަވަންސް:

ޓެކްނިކަލް ކޯ އެލަވަންސް:

މަހަކު -/2500 ރުފިޔާ

-/100 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

މަހަކު -/1762.60 ރުފިޔާ (މުސާރައިގެ %28)

 

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ދަންފަޅި އުސޫލުން މަސައްކަތްކުރައްވާނަމަ ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ލިބޭ ފައިސާ.

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި  ވާޖިބުތައް:

  1. ޑޮކްޓަރުންނާއި އަދި އެހެނިހެން ހެލްތް ކެއަރ ސްޓާފުންގެ މަޝްވަރާއާއި އެކު ބަލިމީހާއަށް ބޭނުންވާ އިންޑިވިޖުއަލް ކެއަރ ޕްލޭން ތައްޔާރުކުރުމާއި މޮޑިފައި ކުރުން.
  2. ޕަލްމަނަރީ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ރާވާ، ހިންގާ ބެލެހެެއްޓުން.
  3. ޕަލްމަނަރީ ފަންކްޝަން ޓެސްޓް، އެޑްވާންސް ޕީ.އެފް.ޓީ އަދި ސްލީޕް ސްޓަޑީ ޓެސްޓް ހެދުން.
  4. ނޭވާލާ ނިޒާމަށް ދެވޭ ފަރުވާގެ ތެރެއިން ޑީޕް ބްރީތިންގ އެކްސަސައިޒް، ޗެސްޓް ޕިޒިއޮތެރަޕީ، އެއިރޮސޯލް މެޑިކޭޝަންސްތައް ދިނުން  އަދި މެކޭނިކަލް ވެންޓިލޭޓާރސް އޮޕްރޭޓް ކުރުން.
  5. ތެރަޕީ ނަގަމުންދާއިރު ސައިކޮލޮޖިކަލް ގޮތުން ބަލިމީހާއަށް ދިމާވެދާނެ ކަންކަން މޮނިޓަރ ކުރުމާއި އެކު އެކަންކަން ރެކޯރޑްކުރުން.  
  6. ބަލިމީހާގެ އޯވަރއޯލް ޓްރީޓްމަންޓް އޮބްޒާރވް ކުރުމާއި  މޮނިޓަރ ކުރުން އަދި  ފަރުވާގެ ޕްރޮގްރެސް ޑޮކިއުމެންޓް ކުރުމާއި އެކު ބަދަލެއް ގެންނަން ޖެހޭ ހާލަތްތައް ދެނެގަނެ އެކަންކަން ބެލެހެއްޓުމާއިއެކު ބައްޔާއި ގުޅޭގޮތުން ބަލިމީހާގެ މެޑިކަލް ރެކޯރޑްސް ބެލެހެއްޓުމާއި ވަގުތުން ވަގުތަށް ފުރިހަމަކުރުން.
  7. ބަލިމީހާގެ ބައްޔާއި ފަރުވާއާއި ބެހޭ މައުލޫމާތު ބަލިމީހާއާއި އާއިލާގެ މީހުން ފިޔަވައި އެހެންފަރާތްތަކަށް ޙިއްސާނުކުރުމާއި  ހޮސްޕިޓަލުންބޭރަށް އެއްވެސް މައުލޫމާތެއް ހިއްސާނުކުރުން.
  8. ރެސްޕިރޭޓްރީ ތެރަޕީ އިކްއިޕްމަންޓްސް އެސެމްބްލް ކުރުމާއި މެއިންޓެނަންސް އަދި ކެލިބްރޭޓް ކުރަން އެނގުން.
  9. ރެސްޕިރޭޓްރީ ކެއަރ އިކްއިޕްމަންޓްސް ތަކަށް ޖެހޭ މައްސަލަތައް ދެނެގަތުމާއި އޭގެ މަރާމާތުތައް ދެނެގަތުން.
  10.  އިންހޭލާރސް އަދި އެހެނިހެން އިންހެލޭޝަން ޑިވައިސަސް ތައް ބޭނުންކުރާގޮތް ބަލިމީހުންނަށް ކިޔައިދިނުމާއި އެއަށް ބަލިމީހާ ހޭލުންތެރި ކުރުވުން.

 

މަޤާމުގެ ޝަރުތުތައް:

ރެސްޕިރޭޓަރީ ތެރަޕީ ނުވަތަ ރެސްޕިރޭޓަރީ މެޑިސިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާެއެވެ. އަދި މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  4. މުއްދަތު ހަމަނުވާ ލައިސަންސް، އަދި ރެޖިސްޓްރޭޝަންގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ގާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 އޮކްޓޯބަރ 2018 ވާ އާދީއްތަ ދުވަހުގެ  13.30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްކުރައްވާނަމަ ކުރައްވާނީ [email protected] އަދި ފެކްސް ނަންބަރީ 3316640އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  23 އޮކްޓޯބަރ 2018އާއި 31 އޮކްޓޯބަރ 2018 އާ ދެމެދު، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.  

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯން އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3316640 އެވެ. އީ-މެއިލް ކުރާނީ  [email protected]  އަށެވެ.

 

 

29 މުހައްރަމް 1440

9 އޮކްޓޯބަރ 2018

10 އޮކްޓޫބަރު 2018
ހޯދާ