ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހަވަންދޫ ކުނި ގޮނޑު ސާފުކޮށްދީ ބަލަހައްޓާނެ މުވައްޒަފަކު ބޭނުންވެގެން

`

 

 

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ                                                                        

    ހއ. އިހަވަންދޫ                                  ނަންބަރ: IUL-248-ESMSMS/248/2018/73

       ދިވެހިރާއްޖެ 

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

މަޤާމު

މަސައްކަތު

މައިގަނޑު މަސައްކަތް

އިހަވަންދޫ ކުނި ގޮނޑު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން 

ބޭނުންވާ ޢަދަދު

1 ( އެކެއް )

މުސާރަ

-/6000 ( މަހަކު )

ރިސްކް އެލަވަންސް

-/1000 ( މަހަކު )

މުސާރައާއި އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ ގޮތް

މިވަޒީފާ އަދާކުރާ ފަރާތަށް މުސާރައާއި ރިސްކު އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ ބަޖެޓުންނެވެ.

މަޤާމު އޮތް އޮފީސް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

މަޤާމު ގިންތި

ވަގުތީ

ސެކްޝަން

މުނިސިޕަލް ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ހއ. އިހަވަންދޫ ކުނި ކޮށި 

ވަޒީފާ އަދާކުރަންޖެހޭ ވަގުތު

07 ގަޑިއިރު ( މަސައްކަތް ކުރަންޖެހޭނީ ކައުންސިލްގެ އިދާރާއިން ހަދާ ތާވަލާ އެއްގޮތަށެވެ. )

ފެންވަރު ނުވަތަ ޝަރުތު

އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތްތަކާއި މަސްއޫލިއްޔަތުތައް

1- ކައުންސިލްގެ އިދާރާއިން ކުނި ގޮނޑު ސާފުކުރުމުގެ މަސައްކަތް ކުރުމަށް ރާވައި ގޮތެއްގެ މަތިން ކުނިގޮނޑު ސާފުކުރުމުގެ މަސައްކަތްތައް ކުރުން.

2- ކުނި ގޮނޑަށް ގެންގޮސްފައި ހުންނަ ކުނި ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން އެންދުން.

3- ކުނީގެ ބާވަތްތައް ވަކި ކުރުން.  

4- ކައުންސިލުން ހަމަޖައްސާ ގޮތެއްގެ މަތިން ކުނި ގޮނޑު ރަނގަޅަށް ބެލެހެއްޓުން.   

5- ކުނީގެ ބައިތައް ވަކި ނުކޮށް ހުންނަ ކުނި އަނބުރާ ފޮނުވައިލުން.

6- ރަށުގެ ގޮނޑުދޮށަށް ކުނި ނޭޅޭނެ ގޮތުގެ މަތިން ކުނި ގޮނޑު ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

7. މީގެ އިތުރުން ކައުންސިލްގެ އިދާރާއިން އަންގާ އެނޫން މަސައްކަތްތައްވެސް ކުރުން

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަނޑި

މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖުރިބާ  ލިބިފައިވާ ކަމުގެ ލިޔުން، ވަޒީފާއަށް އެދިލައްވާ ފަރާތުގެ  ވަނަވަރު ( ސީވީ ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ  17 އޮކްޓޯބަރު 2018 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާއަށް ސިޓީއަކުން ހުށަހެޅުން.

    

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރ 6500013 ފޯނާ ގުޅުއްވުން.

 

            މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢްލާން ކުރީމެވެ.

08 އޮކްޓޫބަރު 2018
ހޯދާ