މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާހަލު ފަރުބައްތި ޖެހުމަށް ބުޑު އެޅުމާއި ޓަވަރު ޖެހުން

 

 ނަންބަރު: 94/IUL)202-A/1/2018)

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

            މާލެ އަތޮޅު މާހަލު ގައި  ޖަހާފައިވާ، 12 މޭލު ދުރަށް އަލިފޮނުވާ 01 (އެކެއް) ފަރުބައްތީގެ ބުޑުއަޅައި އަމިއްލަތަކެތީގައި ޓަވަރުހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 4 ސެޕްޓެމްބަރ 2018 ވަނަދުވަހު ކުރުވުނު އިޢުލާން ނަމްބަރ (IUL)202-A/1/2018/79 ބާޠިލުކޮށް އަލުން މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރާނެ ފަރާތެއްހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޮކްޓޯބަރ 11 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮކްޓޯބަރ 17 ވާ ބުދަ ދުވަހުގެ 10:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ.

      އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

 

28 މުޙައްރަމް 1439

                          

08 އޮކްޓޫބަރު 2018
ހޯދާ